ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު މިލަދުއަށް މިއަދު ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު މިއަދު މިލަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށާއި، އެ ދަތުރުގައި އެމަނިކުފާނު ވަނީ މިލަދޫ ހިދާޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައި ދެއްވާފައި ކަމަށެވެ. އަދި މިލަދޫ ހިޔާ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަ ކުރުމަށް މިއަދު ބާއްވާ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި މިލަދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެ އަތޮޅު މަގޫދޫ ކައުންސިލާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިލަދުއަށްފަހު ރައީސް ނ. ކުޑަފަރިއަށް ވެސް ވަޑައިގަންނަވާނެ އެވެ.