ހަބަރު

15000 ރުފިޔާ އޮތް ވޮލެޓެއް ވެރިފަރާތާ ހަވާލުކޮށްފި

މަޖީދީމަގު ބެންކް އޮފް މޯލްޑިވްސް ކައިރިން ފުލުހުންނަށް ފެނުނު ވޮލެޓެއް، އޭގައި ހުރި ފައިސާއާއެކު ވޮލެޓުގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، މާލެތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ކަޅު ކުލައިގެ އެ ވޮލެޓު ފެނުނީ މަޖީދީ މަގުގައި ހުންނަ ބެންކް އޮފް މޯލްޑިވްސް ކައިރިން ކަމަށާއި އެ ވޮލެޓުގައި ވިސާ ކާޑާއި އައިޑީ ކާޑު އޮތުމުން ފުލުހުންގެ އިދާރާއަށް ގެންގޮސް ވެރިފަރާތް ހޯދާފައިވާ ކަމަށެވެ.

އަދި ބުނީ ފުލުހުުންނަށް ފެނުނު ވޮލެޓުގައި 15،000 ރުފިޔާއަށް ވުރެ ގިނަ ދިވެހި ފައިސާ ހުރި ކަމަށައި އެ ފައިސާއާއެކު ވޮލެޓުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.