ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިރޭ މެލޭޝިއާއަށް ފުރި އެއާ އޭޝިޔާގެ މަތިންދާ ބޯޓެއްގައި ރޯވެ ދާދި ދެންމެއަކު އެނބުރާ ވީއައިއޭއަށއް ޖައްސައިފި އެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއްވެފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.
އެ ބޯޓަކީ މީގެ ކުޑައިރުކޮޅެއް ކުރިން ވެލާނާ އެއާޕޯޓުން ނައްޓާލި ބޯޓެކެވެ. ރޯވީ ބޯޓްގެ އިންޖީނުގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ބޯޓު ނައްޓާލި ވަގުތު ވެސް ފްލައިޓްގައި އަލިފާން ފެންނަ ހުރި ކަމަށާއި އޭގެ ކުޑަ އިރުކޮޅެއް ފަހުން އަޑެއް ގޮވި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
މިހާރު އެ ފްލައިޓް އަނބުރާ ވެލާނާ އެއާޕޯޓްގައި ޖައްސާފައިވާއިރު އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.