ހަބަރު

އެއާޕޯޓްގައި ދެ ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭ އަށް މިއަދު ހެނދުނު ޖެއްސި އެއާއޭޝިޔާގެ ފްލައިޓަކާއި ޕާކްކޮށްފައި އޮތް ގަތަރު އެއާވޭސްގެ ފްލައިޓެއް ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

އެއާޕޯޓުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ، މިއަދު ހެނދުނު 9:30 އެހާއިރު ޖެއްސި އެއާއޭޝިޔާގެ ފްލައިޓްގެ ފިޔަގަނޑު ޖެހިފައި ވަނީ، އެވަގުތު އޭޕްރޮންގައި އޮތް ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ކަމަށެވެ. އަދި މި ހާދިސާ ހިނގީ އެއާ އޭޝިޔާގެ ބޯޓް ޖެއްސުމަށް ފަހު، މީހުން ބޭލުމަށް ޓާމިނަލް ކައިރިއަށް ކައިރި ކުރަނިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. މި ހާދިސާގައި ގަތަރު އެއާވޭސްގެ ބޯޓްގެ ފިޔަގަނޑަށް ވަނީ ގެއްލުންތައް ލިބިފަ އެވެ.

މި ހާދިސާގެ ހިނގި ގޮތުގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.