ލައިފްސްޓައިލް

ކާންވީ އެއްޗަކީ މައިކްރޯގްރީންސް!

ކެއުމުގައި ފެހިކަން ގަދަ ފަތް ދިވެހިން އަބަދުވެސް އައީ ހިމަނަމުންނެވެ. ރާއްޖޭގައި ލިބެން ހުންނަ ކޮޕީ ފަތާއި، ކުއްޅަފިލާ ފަތާއި މުރަނގަފަތް މިއީ އާއްމު ފަތްތަކެވެ. އިމްޕޯޓް ކޮށްގެން ވިއްކާ ފަތްތަކުގެ ތެރެއިން ލެޓިއުސް ފަތްވެސް ވެގެން ދިޔައީ ދިވެހި ކެއުމާއި ގުޅޭ އެއްޗަކަށެވެ. ދިވެހި ދަނޑުވެރިން ލެޓިއުސް ފަތް ހައްދާ ބާޒަރަށް ނެރެންފެށީއެވެ.

ދިވެހި އެންމެ އާދައިގެ ކެއުން، ރިހާކުރާއި ބަތާއެކުގައި ވެސް މި ފަތްތައް ކަމުދެ އެވެ. މިއީ އާއްމުކޮށް އެނގޭ އަދި ފެންނަ ފަތްތަކަކެވެ. ފެހިކަން ގަދަ ފަތްތަކުން ހަށިގަނޑަށް ލިބޭ ފައިދާގެ މައުލޫމާތަކީ ވެސް އާ އެއްޗަކަށް ނުވެދާނެ އެވެ.

ނަމަވެސް "މައިކްރޯގްރީންސް" އަހަރުމެންނަށް އާ ވެދާނެ އެވެ. މައިކްރޯގްރީންސް އަކީ ތަރުކާރީ އާއި ކެއުމަށް ބޭނުންކުރާ ފަތުގެ އެކި ބާވަތްތަށް ކިރިޔާ އޮށުން ކޯދުލާ ގަސްފަޅަން ނިރު ނުކުންނަ ހިސާބުން ބޭނުން ކުރާ ފަތާއި ތަރުކާރީގެ ބާވަތްތަކެކެވެ. މައިކްރޯގްރީންސް އާއްމުކޮށް ހުންނަނީ 1 އިންޗި އާއި 3 އިންޗިއާއި ދެމެދުގަ އެވެ.

މައްކްރޯގްރީންސްގެ ގިނަ ބާވަތްތަށް ހުރެއެވެ. މިގޮތުން ކޮލީފްލަވާ، ކެބޭޖް، ބްރޮކޯލީ، ވޯޓަކްރެސް، ކޭލް، ރޭޑިޝް، އަރުގްލާ އަދި ސްޕިނޭޗް އާއި ބީޓްރޫޓް ހިމެނެ އެވެ. އަދި މީގެ އިތުރު އެތަށް ބާވަތެއް އެކުލެވިގެން ވެއެވެ. މާލޭގައި ހިންގާ ކެފޭތަކުގައި މެނޫގައި ކޮންމެވެސް މެއިން އައިޓަމެއް ނަގާއިރު ތަށި ޒީނަތްތެރި ކުރުމަށް މައިކްރޯ ގްރީންސް މަދުމަދުން ކުރިން ފެނެއެވެ. މިހާރު ފެންނަނީ މައިކްރޯގްރީންސް އަޅައިގެން ތައްޔާރު ކޮށްފައިވާ ހާއްސް ޑިޝްތަަކެވެ.

އާއްމުކޮށް ކަމުން އައި ފަތާއި މައިކްރޯގްރީންސްގެ އެންމެ ބޮޑު ތަފާތަކަށް ވާނީ ކާން ފަސޭހަ ވުމެވެ. ހަފާލަން ފަސޭހަވުމުގެ އިތުރުން މައިކްރޯގްރީންސް އަކީ ނިއުޓިރިއެންޓްސްގެ އޭގައި ގިނަ އެއްޗެއްކެވެ.

ތަރުކާރީ އާއި މޭވާ އަކީ ގިނަ ބަލިބަލިން ރައްކާތެރި ކޮށްދެއެވެ. މައިކްރޯގްރީންސް އިން ކުރާ ފައިދާތަކަށް ބަލާއިރު ބޮޑެތިފަތްތަކާއި އަޅާބަލާއިރު މައިކްރޯގްރީންސްގައި ވިޓަމިން، މިނަރަލް އަދި ޕްލާންޓް ކޮމްޕައުންޑް ގިނައެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ

އެނޓިއޮކްސިޑެންޓެއް ކަމުގައިވާ "ޕޮލިޕެނޮލްސް" މައިކްރޯގްރީންސް ގައި ހިމެނެއެވެ. މިއީ ހިތުގެ ބަލިން ރައްކާތެރިކޮށްދޭނެ އެއްޗެއްކެވެ. ރިސާޗުން ދައްކާ ގޮތުގައި މައިކްރޯގްރީންސް އިން ހަށިގަނޑަށް ގެއްލުންދޭ ކޮލޮސްޓްރޯލް އިން ދުރުކުރުމަށް އެހީތެރިވެއެެވެ.

ހަނދާ ންނެތުމާއި އަދި ކެންސަރުން ދުރުކޮށްދޭ

މައިކްރޯގްރީންސްގެ އެންޓިއޮކްސިޑަންްޓް ކަމުގައި ޕެލިފޮނެލްސް ގިނަވުމުގެ ސަބަބުން ސަބަބުން އަލްޒައިމާސް އާއި ދުރުކޮށްދެ އެެވެ. މީގެ އިތުރުން ގަވާއިދުން މައިކްރޯގްރީންސް ބޭނުން ކުރާނަމަ ބައެއް ކެންސަރާ ދުރުކޮށް ދެއެވެ.

ހަކުރު ބައްޔާއި ދުރުކޮށްދޭ

އާއްމުކޮށް މައިކްރޯގްރީންސް ޑައެޓުގައި ހިމަނާނަމަ ހަކުރުބައްޔާއި ދުރު ކޮށްދެއެވެ. ހަށިގަނޑުގައި ހުންނަ ސެލްތައް ސްޓްރެސްވުމުގެ ސަަބަބުން ހަކުރު އެތެރެކޮށްދޭ ގޮތް މަދުކޮށް ދެއެވެ. ނަމަވެސް މައިކްރޯގްރީންސްގެ ބާވަތެއް ކަމުގައިވާ ފެނުގްރީކް (އޯބަތް) ބޭނުން ކުރާނަމަ 25-44 ޕަސެންޓް ދެމެދު މިންވަރަށް ސެލްތަކަށް ހަކުރު އެތެރެ ކޮށްދޭވަރު އިތުރު ކޮށްދެއެވެ.

ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ކުރާ މައިކްރޯގްރީންސް ކާނާގައި ހިމަނަން ފަސޭހައެވެ. ޕާސްތާ،
ބިސްގަނޑު، ސެލެޑް، ސޭންޑްވިޗް، ރެޕްސްފަދަ ކާނާގައި މައިކްރޯގްރީންސް ހިމެނިދާނެ އެވެ. އަދި ތަފާތު ސްމޫތީ ހެދުމުގައި މައިކްރޯގްރީންސް ބޭނުން ކުރެވިދާނެ އެވެ.

މައިކްރޯގްރީންސް އަކީ ހެއްދުމަށް ފަސޭހަ އެއްޗެެއްކެވެ. ގޭގައި އިންދައިގެން ކެއުމަށް ބޭނުން ކުރެވިދާނެ އެވެ. ބޭސް ބޭނުންނުކޮށް ހައްދާ ކާނާ އިން ހަށިގަނޑަށް ފައިދާ ކުރާނެ އެވެ. އަދި އަމިއްލަ އިންދައިގެން ކާނަމަ ތަފާތު އެކި ފަތްފަތް ގަތުމަށް ދާ ހަރަދުވެސް ކުޑަވެގެންދާނެއެވެ. މައިކްރޯގްރީންސް މިހާބޮޑު މަގުބޫލުކަމެއް ހޯދާފައިވާއިރު މިއީ ނިއުޓިިރިޝަންގެ ގޮތުންވެސް މިއީ ނުކައި ދޫކޮށްލެވޭ ވަރު އެއްޗެއް ނޫނެވެ.