ހަބަރު

މޫސުން ގޯސް: ދަތުރު ކުރުމުގައި ސަމާލުވާން އަންގައިފި

ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކޮށް ބައެއް ހިސާބުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ދެންމެ ބުނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އެހެން ކަމުން އެ ސަރަހައްދުތަކުގައި ކަނޑުދަތު ރުކުރާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދޭން އެދޭ ކަމަށެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާ ދަތުރުގެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެދިފައި ވެއެވެ.

މޫސުމާބެހޭ އިދާރާގެ ޓްވީޓް

މޫސުމާބެހޭ އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މެދާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހޭނެ ކަމަށެވެ. އަދި އުތުރުގެ އެކިހިސާބަށްވެސް ގުގުރުމާކު ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.