ކުޅިވަރު

ބެޑްމިންޓަން ޓީމު ރިހިމެޑަލް ހޯދައިފި

Aug 4, 2015

ރިޔޫނިއަންގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ގައުމީ ބެޑްމިންޓަން ޓީމު ރިހމެޑަލް ހޯދައިފި އެވެ.

ފަސް ގައުމު ވާދަކުރި މުބާރާތުން ރާއްޖެ ތިން ވަނަ އަށްދިޔައީ ލީގު އުސޫލުން ބުރެއް ކުޅެ ނިމުނުއިރު ތިން މެޗުން މޮޅުވެގެންނެވެ. ރާއްޖެ ބަލިވީ މޮރިޝަސް އަތުން އެކަންޏެވެ.

މިއީ ހޮނިހިރު ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ގޭމްސްގައި ރާއްޖެ ހޯދި ހަތަރު ވަނަ މެޑަލް އެވެ. އަނެއް ތިން މެޑަލް ލިބުނީ ދެ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދު އާއި ޝަމްހާ އަހުމަދު އަދި ޓީޓީ ޓީމަށެވެ. 10 ކިލޯމީޓަރު ދުވުމުން ޝަމްހާ ލޯމެޑަލް ހޯދިއިރު 100 މީޓަރު ރިލޭއިން ސާއިދު ވަނީ ރަންމެޑަލް ހޯދައިފަ އެވެ. މިއީ ދިވެހި ކުޅުންތެރިއަކު މިހާތަނަށް ކުޅިވަރު މިފަދަ މުބާރާތަކުން ހޯދި ފުރަތަމަ ރަންމެޑަލް އެވެ. ޓީޓީ ޓީމު ދިޔައީ ފަސް ގައުމު ވާދަކުރި މުބާރާތުން ތިން ވަނަ އަށެވެ.

މި ގޭމްސްގައި އޮލިމްޕިކް ކޮމިޓީން އުއްމީދު ކުރަނީ 9 އާއި 15އާ ދެމެދުގެ އަދަދަކަށް މެޑަލް ހޯދުމަށެވެ. ގޭމްސްގައި ރާއްޖެ 10 ކުޅިވަރެއްގައި ވާދަކުރެ އެވެ.