ހަބަރު

ފުލުހުންނަށް އިންޒާރު ދިން މީހަކާއި ފުލުސް މަރުކަޒެއް ރޯކޮށްލަން އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

Jan 1, 2015

ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކާއި ޕޮލިސް ސްޓޭޝަނުގައި ރޯކޮށްލާނެކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންނަށް މަރުގެން އިންޒާރު ދީގެން ހައްޔަރު ކުރީ 23 އަހަރުގެ ދިވެއްސެކެވެ. ދެން ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ ޕޮލިސް ސްޓޭޝަން ރޯކޮށްލާނެ ކަމަށްބުނެ އިންޒާރުދިން ދިވެއްސެކެވެ. 

އޭގެ ތެރެއިން އެކަކު ހައްޔަރު ކުރީ ރޭ ފަތިހު އެވެ. އަނެއް މީހާ މިއަދު ހެނދުނު އެވެ. 

މި ދެމީހުންގެ ތެރެއިން އެކަކީ މަސްތުވާތަކެއްޗާއި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، ގްރޫޕް މާރާމާރީ ހިންގުމުގެ ރިކޯޑްސް އޮންނަ މީހެކެވެ. އަނެއް މީހާއަކީ މަސްތުވާތަކެއްޗާއި ގްރޫޕް މާރާމާރީ އާއި ދައުލަތުގެ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ރެކޯރޑް އޮންނަ މީހެކެވެ.