ރިޔޫނިއަންގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު ކުޅެން ހަމަޖައްސާފައިވާ ޓެނިސް އަދި ޓޭބަލް ޓެނިސް މެޗުތައް މޫސުމް ގޯސްވުމުގެ ސަބަބުން މާދަމާއަށް ފަސްކޮށްފި އެވެ.
ރިޔޫނިއަންގައި ތިބި ރާއްޖޭގެ މީޑިއާ ޓީމުން މައުލޫމާތުދޭގޮތުގައި ފަސް ކުރި މެޗުތަކުގެ ތެރޭގައި ޓީމް އިވެންޓް ސިންގަލްސް މެޗާއި ޓީމް އިވެންޓްގެ މިކްސް ޓަބަލްސް މެޗާއި އަންހެން ސިންގަލްސް މެޗު ހިމެނެ އެވެ.
ޓީމް އިވެންޓް ސިންގަލްސް އަންހެން މެޗާއި ޓީމް އިވެންޓް މިކްސް ޓަބަލްސް މެޗްގައި ރާއްޖެ ކުޅޭނީ މަޑަގަސްކަރައާ ދެކޮޅަށެވެ. އަދި އިންޑިވިޗުއަލް ޓީމް އިވެންޓް އަންހެންބައިގެ ޓަބަލްސްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ އިރުފާޔާ އަޔާނީގެ ޕެއާއެވެ.
ގައުމީ ޓޭބަލް ޓެނިސް ޓީމާ ހަވާލާދީ މީޑިއާ ޓީމުން ބުނެފައިވަނީ މެޗުތައް މާދަމާއަށް ފަސްކުރި ނަމަވެސް މިރޭ ވާރޭވެހިއްޖެނަމަ މެޗުތައް ނުކުޅޭނެ ކަމަށެވެ.
މެޗްތައް މެދުކަނޑާލިއިރު ސިންގަލްސް މެޗުތަކުންވަނީ ރާއްޖެވަނީ ބަލިވެފައެވެ. ފިރިހެން ސިންގަލްސްގައި މަޑަގަސްކަރައިގެ ކުޅުންތެރިޔާއާ ވާދަކޮށް ރާއްޖޭގެ އަބްދުލް ފާއިހް ފަޒްލީ ބަލިވެފައިވަނީ 0-6 އަދި 1-6 އިންނެވެ. ފިރިހެން ސިންގަލްސް ދެވަނަ މެޗުގައި ރަބީއު މުހައްމަދު މަޔޯއްޓޭގެ ކުޅުންތެރިއަކު އަތުން ބަލިވީ ވެސް ހަމަ މިނަތީޖާއިންނެވެ. އަންހެން ސިންގަލްސްގައި އަޔާނީ މޫސާ ކަލީމް ބަލިވެފައިވަނީ މޮރިޝިއަސްގެ ކުޅުންތެރިޔާއާ ވާދަކޮށް 0-6 ގެ ދެ ސެޓުންނެވެ. މި މުބާރާތުގެ ޓީމް އިވެންޓްގެ ސެމީ ފައިނަލްގައި ރާއްޖެ ނިކުންނާނީ މަޑަގަސްކަރައާ ދެކޮޅަށެވެ.