ފާތުމަތު ދީމާ

ދީމާ ހޯދި ކާމިޔާބަށް ބައި މިލިއަން ރުފިޔާ ދެނީ

ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިން، ޓީޓީގެ ޒުވާން ތަރި ފާތިމަތު ދީމާ އަލީއަށް ބައި މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ސްޕޯޓްސް މިނިސްޓަރު މިއަދު ވިދާޅުވީ ދީމާ ހޯދި ކާމިޔާބަށް 535000 ރުފިޔާ ދޭން ހަމަޖައްސާފައިވާ ކަމަށެވެ.

ދީމާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީމު އިވެންޓުންނާއި އަންހެން ޑަބަލްސް އިވެންޓުން އަދި އަންހެން ސިންސަލްސް އިވެންޓުން ރަން މެޑަލް ހޯދާފަ އެވެ. ދީމާގެ ޓްރޭނިންތަކުގެ ހަރަދު ވެސް ސަރުކާރުން ދޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެއެވެ.

މިނިސްޓަރު މިއަދު ވަނީ، ޗައިނާ އާ ދެކޮޅަށް މިރޭ ނުކުންނަ ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކޮށް ގައުމީ ޓީމަށް ބޮޑު ބޯނަސްއެއް ދިނުމަށް ވައުދުވެ ވެޑައިގެންފަ އެވެ.