ހަބަރު

ތައިލެންޑްގެ ސަފީރު ކަމަށް ޖިނާހް އައްޔަން ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް މއ. ތިބްރޯޒް، މުހައްމަދު ޖިނާހް މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހް ވަނީ ޖިނާހަށް މަގާމުގެ ލިޔުން ހަވާލު ކުރައްވައިފަ އެވެ.

ތައިލެންޑްގެ ސަފީރު ކަމަށް މިއަދު އައްޔަން ކުރި ޖިނާހް މީގެ ކުރިން ހުންނެވީ ގްރީން ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމުގަ އެވެ.

މީގެ ކުރިން ތައިލެންޑްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައި ހުންނެވީ މުހައްމަދު ނަޝީދު (ކާނަލް) އެވެ.