ހަބަރު

އެސިސްޓެންޓް އޭޖީގެ މަގާމަށް ވިޝާމް އައްޔަން ކުރައްވައިފި

އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމަށް ގާނޫނީ ވަކީލް އިސްމާއިލް ވިޝާމް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވައިފި އެވެ.

ނިއުރޭޑިއަންޓް ސްޕޯޓް ކްލަބްގެ ޖެނެރަލް ސެކެޓްރީ ކަން ވެސް ކުރައްވަމުން ގެންދަވާ ވިޝާމް އެ މަގާމަށް އައްޔަން ކުރެއްވީ ކޮން ދުވަހަކު ކަން ސާފެއް ނުވެއެވެ.

ކުރިން ނިއުރޭޑިއަންޓްގެ މެނޭޖަރުކަން ވެސް ކުރެއްވި ވިޝާމް ކުރިން މަސައްކަތް ކުރައްވަމުން ގެންދެވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ހިއްސާ އޮންނަ ލޯ ފާމްގަ އެވެ. ވިޝާމަކީ ބޮޑެތި ބައެއް މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތު ކުރައްވާފައިވާ ވަކީލެވެ.

އެގޮތުން މަޝްހޫރު ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓްގެ މައްސަލައިގައި އެ މަޝްރޫއާ ހަވާލުވި މެލޭޝިއާގެ ނެކްސްބިޒްގެ ކުންފުނީގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވީ ވެސް ވިޝާމެވެ.