ހޮލީވުޑް

އެމީ އެވޯޑްްސް: ގޭމް އޮފް ތްްރޯންސްގެ އަހަރެއްތަ؟

71 ވަނަ އެމީ އެވޯޑްސްްގެ ހަފްްލާ އަންނަ ހަފްތާގެ އާދިއްތައިގައި ބާއްވާނެ އެވެ. މި އަހަރުގެ އެވޯޑް ހަފްލާ ބާއްްވަނީ ލޮސް އެންޖަލަސްގެ މައިކްރޮސޮފްޓް ތިއޭޓާގަ އެވެ. އާދިއްތަ ދުވަހަކީ ޓީވީ ޝޯތަކަށް ބޮޑު ދުވަހަކަށް ވާނެ އިރު މިހާރު ވަނީ އެކި ފަރާތްތަކުން އެވޯޑު ގެންދާނެ ޝޯތައްވެސް ޕްރިޑިކްޓު ކުރަން ފަށާފަ އެވެ. އެމީ އެވޯޑްސްގެ ގިނަ އެވޯޑުތަކެއް ގެންދާނެ ކަމަށް ބެލެވޭ ޝޯއަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ގޭމް އޮފް ތްރޯންްސް އެވެ. ސަބަބުތައްވެސް ގިނަ ކަމަށް ބުނެ އެވެ.

މި އަހަރުގެ މޭ މަހު ނިމުނު އެޗްބީއޯގެ މި ފެންޓަސީ ޝޯގެ ފަަހު ސީޒަންގައި ފޭނުން ބައިބައި ކޮށްލިއަސް އެމީ ގޭމް އޮފް ތްރޯންސްގެ 32 ނޮމިނޭޝަން އެއް ވަނީ އެމީ އެވޯޑްސްގައި ހިމެނިފަ އެވެ. ޝޯގެ ނުވަ އެކްޓަރުން ލީޑް އެކްޓަރުންނާއިި ސަޕޯޓިން އެކްޓަރުންގެ ކެޓގަރީން ނޮމިނޭޓް ވި އެވެ. ސަޕޯޓިިން އެކްޓްރެސްގެ ތެރޭގައި އެމީލިއާ ކްލާކް ނުވަތަ ޝޯގެ ނަަމުންނަމަ ޚަލީސީ ފާހަގަކޮށްލެވެ އެވެ. ބައެއް ސައިޓުތަކުން ލަފާ ކޮށްފަައިވާ ގޮތުގައި، ޚަލީސީ އަކީ މި އަހަރުގެ ލީޑް އެކްޓްރެސްގެ އެވޯޑު އެެމީ އިން ގެންދާނެ ތަަރި އެވެ. އެކްޓަރުންގެ އިތުރުން އައުޓްސްޓޭންޑިން ރައިޓިން އާއި ޑްރާމާވެސް ތުރޯންސްގެ ނޮމިނީ ލިސްޓުން ފާހަގަކޮށްލެވެ އެވެ.

މި ނޮމިނޭޝަންތަކާއެކު، ސިންގަލް ސީރީޒް އަކުން އެމީ އެވޯޑްސްގައި އެންމެ ގިނަ ނޮމިނޭޝަން ހޯދި ސީރީޒްގެ ލަގަބު ހޯދާ ތުރޯންސް އިން ވަނީ ރެކޯޑުވެސް ހަދާފަ އެވެ.

މިދިޔަ އޮސްކާ ކުރިއަށްގެންދިޔަ ގޮތަށް މި ފަހަރުގެ އެމީ އެވޯޑްސްވެސް ކުރިއަށްދާނީ ހޮސްޓަކާ ނުލަ އެވެ. އެކެޑެމީ އެވޯޑްސްވެސް ހޮސްޓެއް ނެތި ފުރިހަމަކަމާއެކު ނިންމާލި އިރު ޓީވީ ޝޯތަކުގެ ރޭވެސް ފުރިހަމަ ވާނެ ކަމަށް ބެލެވެ އެވެ.

މި ޝޯ އަކީ އެޗްބީއޯގެ ޝޯ އަކަށްވާއިރު އެޗްބީއޯ މި އަހަރުގެ އެވޯޑް ނައިޓުގައި 47 ނޮމިނޭޝަނެއްގައި ހިމެނުނެވެ. އޭގެ ތެރެއިން ގިނަ ނޮމިނޭޝަންސްގައި ވަނީ ތްރޯންސްގެ ނޮމިނީސް އެވެ. މީގެ އިތުރުން، "ޕިޗް ބްލެކް" އާއި ކޮމެޑީ ސީރީޒް "ބެރީ" އަދި "ވީޕް" ވެސް އެޗްބީިއޯގެ ދަށުން ނޮމިނޭޓްވި ސީރީޒްތަކުގައި ހިމެނެ އެވެ.

އެމީ އެވޯޑްސް ކުޑައިގެ ދަށުން، ޓީވީ ޝޯތަކުގެ ޓެކްނިކަލް ޓީމަށް ނުވަތަ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރާ ޓީމަށް ދޭ "ކްރިއޭޓިވް އާޓްސް އެމީ އެވޯޑްސް" ގައިވެސް އެންމެ ވިދާލީވެސް ތުރޯންސް އެވެ. މިދިޔަ ހަފްތާ ބަންދުގައި ބޭއްވި މި އެވޯޑް ނައިޓުގައި 10 އެވޯޑެއް ތުރޯންސް އިން ގެންދިޔަ އިރު ސައުންޑް އެޑިޓިން، ވިޝުއަލް އެފެކްޓްސް، ކެމެރާ ޕިކްޗާ އެޑިޓިން، ފެންޓަސީ ސްކައިފައި، ކާސްޓިން އަދި ޓައިޓްލް ޑިޒައިންވެސް ހިމެނެ އެވެ.

ޝޯގެ އެންމެ ފަހު ސީޒަން އަކީ ތުރޯންސްގެ އެންމެ ފޫހި އަދި ހާއްސަކޮށް އެންމެ "ޑާކް" ސީޒަން އަށް ވިޔަސް ކްރިއޭޓިވް އާޓްސް އެމީ އިން ގެންދިޔަ 10 އެވޯޑާއެކު ތުރޯންސްގެ އަގު ހިފެހެއްޓި އެވެ. ފަހު ސީޒަންގައި އެޕިސޯޑުތައް އަނދިރިވެ ދިގު ދެމިގެންގޮސް އުއްމީދު ކުރި ވަރު ނުވިޔަސް ކްރިއޭޓިވް އާޓްސް އެމީ އެވޯޑުތަކާއެކު ފޭނުން ހަމަ ޔަގީނުންވެސް ތިބޭނީ ހިތްހަމަޖެހިގެންނެވެ.

ހަތް ކޮއިލުގެ ރަސްކަމުގެ ދަހިވެތި ކަމުގައި ބަޔަކު ކުރަމުންދާ ހަނގުރާމަ ދައްކުވައިދޭ އެޗްބީއޯގެ ފިލްމު ސީރީޒް "ގޭމް އޮފް ތުރޯންސް" އަކީ އަހަރުގެ އެންމެ ބޮޑު ހިޓެވެ. ސީިރީޒްގެ އެންމެ ފަހު ސީޒަން އަށެއްގައި ފޭނުން ދެބައިވެ، އެއްބަޔަކު ޝޯ އަށް ދިން ލޯބި އަނބުރާ ގެނައިއިރު އަންނަ ހަފްތާގައި އޮންނަ އެމީ އެވޯޑްސް ހަފްލާގައި ފައިނަލް އެވޯޑުތައް ދޭނެ އެވެ. 2011 ގައި ދައްކަން ފެށި މި ޝޯ އަށް މުޅިން އަލްވަދާއު ކިޔުން އޮތީ އާދިއްތަ ދުވަހު އެވެ.