އެކްސިޑެންޓް

ކަލާފާނުގެ ގަހަކުން ބައެއް ވެއްޓި ކާރަކަށް ގެއްލުން

Sep 17, 2019

ކަލާފާނު ސުކޫލުގައި ހުރި ބޮޑު ގަހެއްގެ، ގޮފިގަނޑެއް ވެއްޓި ޕާކް ކޮށްފައިވާ ކާރަކަށް ގެއްލުން ވެއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކަލާފާނު ސުކޫލުގައި ހުރި ބޮޑު ގަހެއްގެ، ގޮފިގަނޑެއް ވެއްޓިގެން މިރޭ ރިޕޯޓް ކުރި ކަމަށާއި ވެއްޓުނު ގޮފިގަނޑު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބޮޑު ގޮފިގަނޑު ވެއްޓިފައިވަނީ ކަލާފާނުގެ ބޭރުގައި ޕާކްކޮށްފައިވާ ޓެކްސީއެއްގެ މައްޗަށެވެ. އެ ޓެކްސީއަށް ގެއްލުންތަކެއް ވަނީ ވެފައެވެ.