ހަބަރު

"ބަވަތި"ގެ ވަދާއީ ޝޯ ހޮނިހިރު ދުވަހު

Sep 18, 2019

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދު (އިއްލެ) ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ގެ ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

އިއްލެ ބުނީ ވަދާއީ ތިން ޝޯ ދައްކާނީ މިމަހުގެ 19 އާއި 20، 21 ގައި ކަމަށެވެ. އެ ޝޯތަކުގެ ޓިކެޓް މިހާރު ވިއްކަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ބަވަތި އޮލިމްޕަހުގައި އެޅުވީ މިމަހުގެ ދެވަނަ ދުވަހު އެވެ. ސައިކޮލޮޖިކަލް ތްރިލާ ޖޯންރާއަށް ހަދާފައިވާ މި ފިލްމު ފިލްމަށް ބޮޑު ތަރުހީބެއް ވެސް ލިބިފައި ވެއެވެ. އަދި ފިލްމީ ދާއިރާގެ ގިނަ ބައެއްގެ ބތައުރީފު ވެސް ލިިބިފައި ވެއެވެ.

ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފެށުމުގެ ކުރިން "ބަވަތި" ޓީމުން ވަނީ ފިލްމުގެ ތިން ވަނަ ޓްރައިލާވެސް އާންމުކޮށްފަ އެވެ.

ފިލްމުގައި ހިމެނޭ ތަރިންގެ ތެރެއިން ނުޒޫ އާއި ދަރާ ރަޝީދު ފިޔަވައި ދެން ތިބީ މުޅިން ވެސް އާ ތަރިންނެވެ. ނަމަވެސް މިއީ ގިނަ އަދަދަކަށް އާ ތަރިން ބައިވެރިކޮށް އުފައްދާފައިވާ ފިލްމެއް ކަމުގެ އިހުސާސެއް ނުކުރެވެ އެވެ. އެކްޓަރުންގެ އެކްޓިން ރަނގަޅެވެ. ވަރަށް ގިނަ ބެލުންތެރިން ވަނީ ފިލްމުގައި ނުޒޫގެ އެކްޓިން މޮޅުކަން ފާހަގަކޮށް ތައުރީފު ކޮށްފައި ވެ އެވެ. އަދި އަލަށް ބޮޑު ފިލްމަކުން ފެނިގެންދިޔަ އިފްނާޒުގެ އެކްޓިންއަށް ވެސް ބެލުންތެރިން ތައުރީފު ކޮށްފައި ވެއެވެ.