ހަބަރު

މާލޭގެ އުތުރު ފަރާތު ބަނދަރާއި ގުޅީފަޅުގެ މާސްޓަޕްލޭން ހަދަން ބަޔަކާ ހަވާލުކޮށްފި

Sep 19, 2019

މާލޭގެ އުތުރު ފަރާތު ބަނދަރާއި ގުޅީފަޅުގެ މާސްޓާ ޕްލޭން ހަދަން ސިންގަޕޫރު ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފި އެވެ.

ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ގުޅީފަޅާއި މާލެ ހުޅަނގު އުތުރު ޕޯޓު ސަރަހައްދު ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭން ފަރުމާކުރަން ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ އެޗްކިއު ކުންފުންޏާ އެވެ. އެމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 650،000 ޑޮލަރު (10 މިލިޔަން ރުފިޔާ) އަށެވެ.

ޕްލޭނިންގް މިނިސްޓްރީން ބުނީ ގުޅީފަޅު ޕްލޭން ކުރަނީ އިމްޕޯޓު މުދާ އަރުވާ ބޭލުމުގެ ކާރޫބާރޫއިން މާލެގެ އުތުރު ފަރާތު ބަނދަރު ކުޑަ ކުރުމަށްޓަކައި ގުޅީފަޅުގައި އިމްޕޯޓް މުދާ އަރުވާ ބާލާ ގޮތަށް ކަމަށެވެ.

"މި އެއްބަސްވުމުން އިމްޕޯޓު މުދާ އަރުވާ ބޭލުމުގެ ކާރޫބާރޫއިން މާލެ ސަލާމަތް ކުރެވި، ގުދަންކުރުން ފަދަ ކަންކަން ގުޅީފަޅަށް ބަދަލުކުރެވި، ހުސް އަދި ހިތްފަސޭހަ ޖާގަ މާލޭގައި އިތުރުކުރެވޭނެ." ޕްލޭނިން މިނިސްޓްރީން ބުންޏެވެ.