ޓެކްނޯލޮޖީ

މައިކްރޯސޮފްޓްގެ އައުޓްލުކާއި ޓްރާންސްލޭޓާ އެޕަލްގެ ސްމާޓްވޮޗަށް

އެޕަލް ވޮޗްއަށް މައިކްރޯސޮފްޓް ތައާރަފު ކުރި އެޕްގެ ސަބަބުން އައުޓްލުކްގެ އެހީގައި ހުރިހާ އީމޭލްތަކެއް ފުރިހަމައަށް ކިޔާލެވޭނެއެވެ. އެ ގޮތުން "ކޭން"ކޮށްފައި ނުވަތަ ކުރިން ތައްޔާރު ކުރެވިފައި ހުންނަ "ޖަވާބު"ތައް ދިނުމަށާއި "ވޮއިސް ޑިކްޓޭޝަން" ނުވަތަ އަނގައިން ކިޔައިދޭ ޖަވާބުތައް ވެސް ފޮނުވެއެވެ.

އެންޑްރޮއިޑް ވެއާއަށް އަމާޒު ކުރި އެޕްތަކުގެ ތެރޭގައި ވަންނޯޓް އަދި ވަންޑްރައިވްގެ އާ ވާޝަންތަކެއް ހިމެނެއެވެ. ތިބާގެ ޑިވައިސް އެކްޓިވޭޓް ކުރާ ކޮންމެ ފަހަރަކު، މިވީ 30 ދުވަހުގެ ތެރޭގައި އެޅި ފޮޓޯތަކުގެ ތެރެއިން ފޮޓޮއެއް ވެސް ވޮޗްގެ މޫނު މައްޗަށް ކްލައުޑް ސާވިސްއިން ލައިދެއެވެ.

ވަންނޯޓުގެ އާ ވާޝަންގައި ސްމާޓްވޮޗްއިން ތިބާ އެންެމެ ފަހުން ބަލައިލި ނޯޓުތައް ފެންނަން ހުރެއެވެ. އަދި ޓްރާންސްލޭޓާ އެޕްގެ ޒަރީއާއިން ތިބާ ސްމާޓްވޮޗްއަށް "ވާހަކަ" ދެއްކުމުން އެ ބުނި އެއްޗެއް 50 ބަހަށް ތަރުޖަމާކޮށްދެއެވެ! އަދި ތިބާ އެންމެ ގިނައިން ތަރުޖަމާ ކުރާ އިބާރާތްތައް (މިސާލަކަށް، "ފާހާނާ ކޮބާ؟" ނުވަތަ "އަހަރެން ގެއްލިގެން މިއުޅެނީ. އެހީވެދީ!") ޕިން ކުރާށާއި އަދި ކުރިން ބޭނުން ކުރި އިބާރާތްތައް އަލުން ބަލައިލުމަށް ވެސް އެހީވެދެއެވެ.

މީގެ އިތުރުން ކިއުޕަރޓިނޯއަށް އަމާޒުކޮށް ހެދި ވަންޑަރލިސްޓް އެޕްގެ ޒަރީއާއިން ދާދި އަވަހަށް އިޖުތިމާއީ ވިއުގަ "ޔެމާ" އިންސްޓޯލް ކުރެވޭނެއެވެ. އެހެންވެ އެޕަލްގެ އައިފޯންގެ ޒަރީއާއިން އައިއޯއެސް 8 އެސް ހޭންޑްއޯފްގެ ފައިދާ ވެސް ނެގޭނެއެވެ.