ވިޔަފާރި

ލިލީން އިންޑޯމީ ނޫޑުލްސް ފެސްޓިވަލެއް ބާއްވަނީ

Sep 23, 2019

ލިލީ އިންޓަނޭޝަނަލުން އަންނަ ހުކުރު ދުވަހު އިންޑޯމީ ނޫޑުލް ފެސްޓިވަލެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އިސްކަންދަރު ސްކޫލުގައި އިންޑޯމީ ނޫޑްލް ފެސްޓިވަލް އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 ގެ ނިޔަލަށް އިސްކަންދަރު ސްކޫލުގަ އެވެ.

ލިލީ އިން ބުނި ގޮތުގައި އިންޑޯމީ ނޫޑުލް ފެސްޓިވަލަށް ޒިޔާރަތްކުރާ މީހުންނަށް މި ނޫޑުލްސްގެ ރަހަ ބަލައިލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. މީގެ އިތުރުން ފެސްޓިވަލްގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާއިރު މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އިންޑޯމީ ނޫޑުލްސް 1972 ވަނަ އަހަރު އުފެދިފައިވާ އިންޑޮނޭޝިއާގެ މަޝްހޫރު ނޫޑުލްސް ބްރޭންޑެކެވެ.