ވިޔަފާރި

އިންޑޯމީ ނޫޑްލްސްގެ އާ ފްލޭވާއެއް ލިލީން ލޯންޗުކޮށްފި

ލިލީ އިންޓަނޭޝަނަލް އިން ލޯންޗު ކުރި އިންޑޯމީގެ ހޮޓް އެންޑް ސްޕައިސީ ފްލޭވާގެ ޕެކެޓްތައް -- ސަލްވީން އަބްދުލް ހަމީދު | އަވަސް
0%
0%
0%

ރާއްޖެއަށް ކެއުން ބުއިމުގެ ގިނަ ބާވަތްތައް އެތެރެ ކުރާ ލިލީ އިންޓަނޭޝަނަލް އިން ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައި އިންޑޯމީ ނޫޑްލްސްގެ އާ ވައްތަރެއް ރާއްޖެއަށް މިއަދު ލޯންޗުކޮށްފި އެވެ.

މާލޭގެ ސޯސަން މަގުގައި ހުންނަ އަގޯރާ ފިހާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، ލިލީ އިންޓަނޭޝަނަލް އިން ލޯންޗު ކޮށްފައި ވަނީ އިންޑޯމީގެ ހޮޓް އެންޑް ސްޕައިސީ ފްލޭވާގެ ވައްތަރެކެވެ.

ލިލީ އިންޓަނޭޝަނަލް އިން ބުނި ގޮތުގައި އެ ކުންފުނިން މިއަދު ލޯންޗުކުރި އިންޑޯމީގެ ހޮޓް އެންޑް ސްޕައިސީ ފްލޭވާއަކީ ދިވެހިންގެ ރަހަތަކާ ވަރަށް ގުޅޭނެ ކުޅި ރަހައެއް އެކުލެވޭ ފްލޭވާ އެކެވެ.

ލިލީ އިން އިންޑޯމީގެ ހޮޓް އެންޑް ސްޕައިސީ ފްލޭވާ ލޯންޗު ކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ފްލޭވާގެ ނޫޑްލްސް ކައްކަނީ -- ސަލްވީން އަބްދުލް ހަމީދު | އަވަސް

ލިލީ އިންޓަނޭޝަނަލް އިން ރާއްޖެއަށް އިމްޕޯޓް ކުރާ އިންޑޯމީ ނޫޑްލްސްގެ އެހެން ފްލޭވާތައް މާލޭގެ ގިނަ ފިހާރަތަކުން ވިއްކަމުންދާއިރު، މިއަދު ލޯންޗުކުރި ފްލޭވާގެ ޕެކެޓްތައް ވެސް މާލޭގެ ގިނަ ފިހާރަތަކުން މިހާރު ލިބެން ހުންނާނެ ކަމަށް ލިލީން އިން ބުންޏެވެ. އިންޑޯމީގެ ހޮޓް އެންޑް ސްޕައިސީ ފްލޭވާ ވެސް ލިބެން ހުންނާނީ ފަސް ރުފިޔާ އަށެވެ.

އިންޑޯމީ ނޫޑްލްސް އަކީ 1972 ވަނަ އަހަރު އުފެދިފައިވާ އިންޑޮނޭޝިއާގެ މަޝްހޫރު ނޫޑްލްސް ބްރޭޑެކެވެ. މިއީ ދުނިޔޭގެ ނޫޑްލްސް އުފައްދާ އެންމެ ބޮޑު އެއް ކުންފުނިން އުފައްދާ ބްރޭންޑެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މަގްބޫލް މި ނޫޑްލްސް އަކީ މިހާރު ދިވެހިންގެ މެދުގައި ވެސް މަގްބޫލު ނޫޑްލްސް އެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345