މޫސުން

މޫސުން ގޯސްވުމުން ސަމާލުވާން އަންގައިފި

ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވާން އިލްތިމާސްކޮށް ބައެއް ހިސާބުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށާއި އެހެން ކަމުން އެ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދޭން އެދޭ ކަމަށެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާ ދަތުރުގެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެދިފައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާ ކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އެވެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ.