ރާއްޖެ ކުޅިވަރު

ޓާގެޓް ހާސިލް ނުވުމުން މަރުޒޫގް މައާފަށް އެދިއްޖެ

Aug 8, 2015
2

ރިޔޫނިއަންގައި މިއަދުގެ ނިޔަލަށް ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ކަނޑައެޅި އަމާޒަށް ވާސިލްނުވެވުމުން އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް މައާފަށް އެދިއްޖެ އެވެ.

ވެލެންސިއާ އާއި ޔޫތުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ހާސިލްވެވުނީ 88 ޕަސެންޓް މެޑަލް ކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި ދިވެހި އެތްލީޓުން ކާމިޔާބީއާ ހަމައަށް ގެންގޮސްދިނުމަށް އޭނާ އަށް ވެވުނު ހުރިހާ އެހީތެރިކަމެއް ކޮށްދީފައިވާނެ ކަމަށް ވެސް މަރުޒޫގް ބުނެފައިވެ އެވެ.

ޖުމުލަ 10 ކުޅިވަރަކުން 12 ޓީމު ވާދަކުރި މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ އިވެންޓްތައް މިހާރު ވަނީ ނިމިފަ އެވެ. ރާއްޖެއިން އަމާޒުކުރީ ނުވަޔަކާއި 15 އާ ދެމެދުގެ އަދަދަށް މެޑަލް ހޯދުމަށެވެ. އެކަމަކު ލިބުނީ އަށް މެޑަލް އެވެ. އެއީ 100 މީޓަރުން ހަސަން ސާއިދު ހޯދި ރަންމެޑަލް އާއި ދުވުންތެރިޔާ ޝަމްހާ އަހުމަދާއި ބެޑްމިންޓަން ޓީމު އިވެންޓުން ލިބުނު ދެ ރިހިމެޑަލް އާއި ފަސް ލޯ މެޑަލް އެވެ.

މި ފަހަރުގެ ގޭމްސް އަށް ސަރުކާރާއި އޮލިމްޕިކް ކޮމިޓީން 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. އަދި މިއީ ރާއްޖެއިން މިހާތަނަށް ބައިވެރިވި ގޭމްސްތަކުގެ ތެރެއިން އެންމެ ކާމިޔާބު ގޭމްސް އެވެ.