ޕާކިސްތާން

ބިން ހެލުމެއްގައި ކަޝްމީރުން 25 މީހަކު މަރުވެއްޖެ

Sep 25, 2019

ކަޝްމީރުގެ ޕާކިސްތާނުގެ ބާރު ހިނގާ ސަރަހައްދަށް އައި ބިންހެލުމެއްގައި 25 މީހަކު މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް އެޖެންސީން ބުނާ ގޮތުގައި، ބިންހެލުން އައިސްފައި ވަނީ ރިކްޓާ މިންގަނޑު 5.8 މެގްނެޓިއުޑް ގެ ބާރުމިނުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު އުފުލުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. ބައެއް މީހުން ގެއްލިގެން މިހާރުވެސް ދަނީ ހޯދަމުންނެވެ.

ބިންހެލުމުގެ ސަބަބުން އާޒަދް ކަޝްމީރުގެ ބޮޑު މަގުގެ ބިންގަނޑު ކަނޑައިގެން ދިޔަ އެވެ. އޭގެ ސަބަބުން ދަތުރުތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ. ދަތުރުތަކަށް ހުރަސް އެޅުމުގެ ސަބަބުން އަނިޔާވި ގިނަ މީހުނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި ވެސް ދައްޗާ ކުރިމަތިވެފައި ވެއެވެ.