މީޑިއާނެޓް

މީޑިއާނެޓް: ހަފްތާގެ ޓޮޕް ޓެން ޝޯ

Sep 29, 2019

ކުޑަކުދިންގެ ޝޯތައް

1. ހަންޓާ ސްޓްރީޓް (އާ އެޕިސޯޑްތަކެއް)

ސެޕްޓެމްބަރު 30، ހޯމައިން ހުކުރަށް 18:15 ގައި ނިކަލޯޑިއަން އެޗްޑީ (ޗެނަލް836) އިން ދައްކާނެ

މިއީ ފަސް ކުދިން، އެކުދިންގެ ބެލެނިވެރިން ހޯދަން ކުރާ މަސައްކަތް ދަައްކުވައިދޭ ސީރީޒް އެކެވެެ. އެކުދިންގެ ބެލެނިވެރިންނާ ވަކި ވުމުން ބަހައްޓާފައި ހުންނަ ތަނުންް ސަލާމަތްވެ މަސައްކަތް ފަށަނީ ހުރިހާ އެންމެންްގެވެސް އަސްލު އާއިލާ ހޯދުމަށެވެ. ހަންޓާ ސްްޓްރީޓްގެ އެންމެ ފަހު ސީޒަންގައި އެމްސްޓަޑަމްގެ އެކި ސަރަހައްދުތަކަށް ހަންޓާ ފެމިލީ ދާނެ އެެވެ. އެ ސަރަހައްދުތަކުގައިި ހީ ނުކުރާ ކަންކަން ވާއިރު ސިއްރު ކޮޓަރިތަކާއި ޕަޒްލްސް ތަކެއްވެސް ފެނެ އެެވެ. އަދި އެ ކޮޓަރިތަކުން ނިކުމެ މިސްޓްރީ ސޯލްވް ކުރާނެ އެވެ.

2. ބަޓާބީންސް ކެފޭ (އާ އެޕިސޯޑްތަކެއް)

ހޯމައިން ހުކުރަށް 5:55 ގައި ނިކް ޖޫނިއާ (ޗެނަލް 207) އިން ދައްކާނެ

ބަޓަބީން ޕަރީ އަކީ ޕަޑްލްބްރޫކްގައި ކުޑަ ކުޑަ ކެފޭ އެއް ހިންގާ ޕަރީ އެކެވެ. އެ އަވަށުގެ ހުރިހާ ޕަރީތަކަށް މީރު ކޭކާއި ސިއްހަތަށް ރަަނގަޅު ސްނެކްސް ހަދާފައި ވިިއްކަ އެވެ. މި ހަފްތާގެ އެޕިސޯޑްތަކުގައި ބަޓަބީންގެ އައިޑަލް ޝެފްް ބެލް އަށް ކައްކައިދޭން ޖެހެ އެވެ. އަދި ބަޓަބީންގެ ކެފޭގައި ރަން ވަޅުލާފަައި ހުރި ކަންވެސް ކާޓޫނުގައި އުޅޭ ކްރިކެޓް އަށް އެނގެ އެވެ.

މޫވީސް

3. ދަ އެމިޓީވިލް މާޑާސް: ދަ ހޯންޓިން އޮން ލޯންގް އައިލެންޑް (ޕްރިމިއާ)

އޮކްޓޯބަރު 2، ބުދައިގައި 19:00 ފޮކްސް އެކްޝަން މޫވީސް (ޗެނަލް 802) އިން ދައްކާނެ

ޑެނިއަލް ފެރަަންޑް ޑައިރެކްޓުކޮށް ނެރުނު މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި ރޮނަލްޑް ޖޫނިއާ ނިއުޔޯކްގެ ލޮންގް އައިލެންޑްގައި އުޅެނީ އާދަައިގެ ދިރިއުޅުމެކެވެ. ހުރިހާ ކަމެއް ބަދަލުވަނީ އޭނާ އަށް ކުއްލިއަކަށް އިވެން ފަށާ އަޑު ތަކަކުންނެވެ. އެ ބިިރުވެރި އަޑުތައް އޭނާގެ އަމިއްލަ މަންމަ އާއި ބައްޕަ އަދި އެއްބަނޑު ހަތަރު ކޮއްކޮ މަރާލަން ބުނެ އެވެ. އަދި އެންމެ ފަހުން ނިދާފައި ތިއްބާ އާއިލާ އެއްކޮށް މަރާލަ އެވެ. އާއިލާ އެންމެންގެ މަރަށްފަހު ފިލްމުގައި ބޮޑު ތަހުގީގެއްވެސް ހިނގާނެ އެވެ.

4. ޝާލޮކް ނޯމްސް (ޕްރިމިއާ)

އޮކްޓޯބަރު 4، ހުކުރުގައި 17:00 ފޮކްސް ފެމިލީ މޫވީސް އެޗްޑީ (ޗެނަލް 801) އިން ދައްކާނެ

އެނިމޭޓެޑް ކޮމެޑީ މި ފިލްމަކީ ނޯމިއޯ އެންޑް ޖޫލިއެޓްގެ ސީކުއެލް އެކެވެ. ފިލްމުގައި ނޯމިއޯ އާއި ޖޫލިއެޓް އަލަށް ލަންޑަން އަށް އަންނަ ހިސާބުން ބޭނުންވަނީ ސްޕްރިން އަަންނަން ވާއިރަށް އެގޭގައި ރީތި ބަގީޗާ އެއް ހައްދާށެވެ. ބަގީޗާ ހައްދާ ހިސާބުން ބަގީޗާގައި ތިބި ހުރިހާ އެންްމެން ގެއްލެ އެެވެ. އެ އެންމެން ހޯދަަން އެހީވަަނީ އެ އަވަށުގެ މަޝްހޫރު ޑިޓެކްޓިވް ޝާލޮކް ނޯމް އެވެ.

އިނގިރޭސި ސީރީޒް

5. ދަ ބްލެކް ލިސްޓް - ސީޒަން 7 (އާ ސީޒަން ޕްރިމިއާ)

އޮކްޓޯބަރު 5، ހޮނިހިރުގައި 19:40 އޭއެކްސްއެން އެޗްޑީ (ޗެނަލް 814) އިން ދައްކާނެ

މި ސީރީޒް ފަށަނީ ދުނިޔޭގެ އެންމެ ވޯންޓެޑްް ފިއުޖިޓިވް ރޭމަންޑް ރެޑިންގްޓަން - ރެޑް އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް އަންނަ ހިސާބުންނެވެ. ފުލުހުންނާ އަަމިއްލަ އަށް ހަވާލު ވުމަށްފަހު އޭނާ ބޭނުންވާ ކަންކަން ކުރަން ޝަރުތު ކުރެ އެވެ. ރެޑްގެ ހަރުކަށި ޝަރުތުތަކާއެކު ދުނިޔޭގެ އެހެން ކުށްވެރިން ހައްޔަރު ކުރަން އެފްބީއައި އާ ގުޅިގެން މަސައްކަތް ފަށަ އެވެ.

ބްލެކްްލިސްޓުގެ ސީޒަން ހަތެއް މި ހަފްތާގައި ޕްރިމިއާ ކުރާއިރު އެންމެ ފަހު ސީޒަން ނިމުނު އިރު އިންތިޒާރު ކުރި ކަންކަން ފެންނާނެ އެވެ. މި ސީރީޒްގެ އެންމެ ފަހު އެޕިސޯޑްގައި ފެނުނީ، ލީޑް ތަރި ރެޑްގެ ގަޔަށް ސިރިންޖަކުން ހަމަލާދީ ހޭނައްތާލާ ރެޑްގެ ހަށިގަނޑު ވޭނަކަށް ލާ މަންޒަރެވެ. ރެޑް އަށް ސިރިންޖުން ހަމަލާ ދެނީ ކެޓްރީނާ އެވެ. ރެޑް މަރުވީތޯ ނުވަތަ ކެޓްރީނާގެ އަތްދަށަށް ދިޔައީތޯ މި ހަފްތާގައި އެނގޭނެ އެވެ.

އިންފޮޓެއިންމަންޓް

6. ޕްރޮޕަޓީ ބްރަދާސް - ސީޒަން 13 (ޕްރިމިއާ)

ސެޕްޓެމްބަރު 30، ކޮންމެ ހޯމަ އެއްގައި 18:00 ގައި އެޗްޖީޓީވީ އެޗްޑީ (ޗެނަލްް 829) އިން ދައްކާނެ

ކޮންޓްރެކްޓަރު ޖޮނަތަން ސްކޮޓް އާއި ރިއަލް އެސްޓޭޓް އެކްސްޕާޓް ޑްރޫ ސްކޮޓް އަކީ ޓްވިންސް އެކެވެ. މި ދެބެން މަސައްކަތް ކުރަނީ ގެޔެއް ހޯދާ އާއިލާ ތަކަށް އެ މަސަކަތް ފަސޭހަ ކޮށްދެވޭތޯ އެވެ. އެގޮޮތުން މި ސީޒަންގައިވެސް ތަފާތު އާއިލާތަކާއި އަލަށް ކައިވެނިކޮށްގެން ގެޔެއް ހޯދާ ދިރިއުޅުމެއް ފަށަން ބޭނުންވާ މީހުންނާ ބައްދަލު ކުރާނެ އެވެ. އަދި އެމީހުން ބޭނުންވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ގެޔެއް މި ދެބެން އެކުގައި ހޯދައިދޭން މަސައްކަތް ކުރެ އެވެ.

7. އެކްޓިވޭޓް: ދަ ގްލޯބަލް ސިޓިޒަން މޫވްމަންޓް - އެންޑިންގް ޕްލާސްޓިކް ޕޮލިއުޝަން

އޮކްޓޯބަަރު 4، ހުކުރު ދުވަހު 18:00 ގައި ނެޝަނަލް ޖިއޮގްރަފިކް ޗެނަލް އެޗްޑީ (ޗެނަލް 820) އިން ދައްކާނެ

މި ހަފްތާގެ އެކްޓިވޭޓް ޝޯގައި އެމެެރިކާގެ ރެޕާ ފެރަލް ވިލިއަމްސް ބައިވެރިިވާނެ އެވެ. ފެރަލް މަސައްކަތް ކުރަނީ ސަަރުކާރާއި ކުންފުނިތައް އަދި އަމިއްލަ ފަރާތްތައްވެސް ހޭލުންތެރި ކުރުވާ މޫދަށް އުކާލާ ޕްލާސްޓިކް ނައްތާލުމަށެވެ. އަދި ހަމަ އެހެންމެ މި ހަފްތާގެ އެޕިސޯޯޑްގައި ޑެރަން ކްރިސް ފިިލިޕީންސް އަށް ގޮސް ފަގީރު އަވަށްތަކުގައި އުޅޭ މީހުންގެ ދިރިއުޅުމާ ޕްލާސްޓިކާ ގުޅިފަައިވާ މިންވަރު ހޯދަ އެވެ. އަދި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ފަށާ ޒީރޯ ވޭސްޓް އަށް ހޭލުންތެރި ކުރުވަ އެވެ.

ހިންދީ

8. ބިގް ބޮސް: ސީޒަން 13 (އާ ސީޒަން އެއް)

ސަލްމާން ހާން އާއެކު ބިގް ބޮސްގެ އާ ސީޒަން އެއް މި ހަފްތާގައި ފަށާނެ އެވެެ. ބޮލީވުޑް ތަރި ސަލްމާން މި ޝޯ ހޯސްޓު ކުރާތާ މިހާރު ނުވަ އަހަރު ވެއްޖެ އެވެ. މިއީ ކަލާސްގެ އެންމެ މަގުބޫލު އެއް ޝޯ އަށް ވާއިރު މި އަހަރުގެ ޝޯ ކަލާސް ޓީވީ އިން ޕްރޮމޯޓް ކުރީ ބިގްބޮސް ވޯ ގެ ގޮތުގަ އެވެ. އެހެންކަމުން އެހެން އަހަރުތަަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ޝޯ ވެސް ފޯރިގަދަވާނެ ކަަމަށް ބެލެވެ އެވެ.
ސެޕްޓެމްބަރު 29، 20:30 ގައި އާ ސީޒަންގެ ފުރަތަމަ އެޕިސޯޑް ޕްރިމިއާ ކުރާއިރު ހަފްތާ ތެރޭގައި ހޯމައިން ހުކުރަށް 22:00 ގައި ދައްކާނެ އެވެ.

9. މޫވީ މަސްތީ ވިތު މަނީޝް ޕޯލް (އާ ޝޯއެއް)

އޮކްޓޯބަރު 5، ހޮނިހިރުން އާދިއްތަ އަށް 21:00 ގައި ޒީޓީވީ އެޗްޑީ (ޗެނަލް 852) އިން ދައްކާނެ

ކޮމީޑިއަން މަނީޝް ޕޯލްގެ އާ ޓޯކްޝޯ އެއް ފަށަން ތައްޔާރު ވަމުން އަަންނަ އިރު މި ހަފްތާގައި ޝޯގެ ފުރަތަމަ އެޕިސޯޑް ދައްކާނެ އެެވެ. މި ޝޯގައި ބޮލީވުޑްގެ އެކި ތަރިން ގެނެސްގެން ތަފާތު ގޭމްތައް ކުޅުވާ ޓާސްކުތައް ހަވާލު ކުރެ އެވެ. ފުރަތަމަ ޝޯގެ ގެސްޓެއް ގޮތުގައި ގެންނަނީ ބޮލީވުޑް ތަރި އަކްޝޭ ކުމާރު އެވެ.

ސްޕޯޓްސް

10. އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ވާދަވެރި ދެ ކްލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް އާ އާސެނަލްގެ މި ސީޒަނުގެ ފުރަތަމަ ކުރިމަތިލުމަށް ހޯމަ ދުވަހު ނުކުންނާނެ އެވެ. ޒަމާންތަކަކަށްފަހު އިނގިރޭސި ކްލަބު ފުޓުބޯޅައިގެ ގަދަބާރުގެ ގޮތުގައި ފައިހަމަ ކުރުމަށް ދެ ކްލަބުން ވެސް އަލުން އަމާޒު ހިފާފައިވާއިރު، ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފަޑްގައި ކުޅޭ މެޗު ފަށާނީ ހޯމަ ދުވަހު ރާއްޖެ ގަޑިން ދަންވަރު 12:00 ގަ އެވެ.

މި މެޗު މީޑިއާނެޓުގެ އައިސްޓީވީ އެޗްޑީ (ޗެނަލް 100) ގެ އިތުރުން ޕީއެލްޓީވީ އެޗްޑީ (ޗެނަލް 880) އިން ވަގުތުން ފެންނާނެ އެވެ.