މީޑިއާނެޓް

ޔޫއެފާ ފައިނަލް މެޗްތައް މީޑިއާނެޓުން ބަލައިލެވޭނެ

މީޑިއާ ނެޓުގެ ކަސްޓަމަރުންނަށް ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ބަލައިލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މީޑިއާ ނެޓުން ބުނީ މި މެޗުތައް ވަގުތުން ދައްކާނީ 'ސޮނީ ޓެން 2 އެޗްޑީ' އިންނާއި 'ސޮނީ ޓެން 2' އިން ކަމަށެވެ. މިހާރު މީޑިއާނެޓުގެ މަލްޓި ސްކްރީން ބޭނުން ކޮށްގެން ކޮންމެތާކުން ކޮންމެ ޑިވައިސް އަކުން ވެސް މެޗްތައް ބަލައިލެވޭނެ އެވެ.

ޔޫރޮޕާ ލީގުގެ ފައިނަލް މެޗްގައި ބައްދަލު ކުރާނީ މެންޗެސްޓާ ޔުނައިޓެޑް އާއި ވިލަރެއާލް އެވެ. މި މެޗް މީޑިއާނެޓުން ދައްކާނީ މާދަމާ ރޭ ރާއްޖެ ގަޑިން ދަންވަރު 12:00 ޖަހާއިރު އެވެ.

މީގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ބައްދަލު ކުރާނީ މެންޗެސްޓާ ސިޓީ އާއި ޗެލްސީ އެވެ. މި މެޗް މީޑިއާނެޓުން ދައްކާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12:00 ޖަހާއިރު އެވެ.

މީޑިއާނެޓުން ބުނީ އޫއެފާގެ ފައިނަލް މެޗްތައް އެޗްޑީ ކޮން ބަލައިލަން ބޭނުން ފަރާތްތަކުން ސްޕޯޓްސް އެޑްއޯން އަށް ސަބްސްކްރައިބް ކޮށްލުމުން އެޗްޑީކޮން މެޗްތައް ބަލައިލެވޭނެ ކަމަށެވެ.