ޓޫރިޒަމް

ރާއްޖޭގެ ފޮޓޯ ނަގަން ތައި ފޮޓޯގްރަފެއް ގެނެސްފި

Sep 28, 2019
3

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް، ރާއްޖޭގެ ފޮޓޯތައް ނަގައި ތައިލެންޑުގައި އެގްޒިބިޓް ކުރުމަށް އެ ގައުމުގެ މަޝްހޫރު ފޮޓޯގްރާފަރަކު ރާއްޖެ ގެނެސްފި އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން ތައިލެންޑުގައި އެގްޒިބިޝަނެއް ބާއްވަން، ބޭނުންވާ ފޮޓޯތައް ނަގަން ގެނެސްފައި ވަނީ އެ ގައުމުގައި މަޝްހޫރު ފޮޓޯ ގްރަފަރެއް ކަމަށްވާ ޑޭވިޑް ލައު އެވެ.

އޭނާ ރާއްޖޭގައި ހުންނާނީ ކުރަމަތި ރިސޯޓާއި ސީޒަން ޕެރެޑައިސް އަދި ޖުމެއިރާ ވިޓަވެލި ރިސޯޓުގަ އެވެ. ދަތުރުގައި ޑޭވިޑް ލައު ނަގާ ފޮޓޯތައް ތައިލެންޑުގެ ސިއަމް ޕެރަގަން ޝޮޕިން މޯލްގައި ދައްކާލަން ބަހައްޓާނެ އެވެ. ޑޭވިޑް ލައު ވަނީ މީގެ ކުރިން ގިނަ ގައުމުތަކެއްގައި ފޮޓޯ ނަގާފަ އެވެ.

އެމްއެމްޕީއާރުސީ އިން މީގެ ކުރިން ރާއްޖެ އަށް މި ގޮތަށް 13 ފަރާތެއް ރާއްޖެ ގެނެސްފައިވެ އެވެ. އަދި ތައިލޭންޑްގެ ފޮޓޯގްރާފެއްގެ އެހީ ހޯދި އިރު ވަރަށް މަޝްހޫރު ފޮޓޯގްރާފަރުން ރާއްޖޭގައި ވެސް އުޅެ އެވެ. އޭގެ ތެރޭގައި ދުނިޔެއަށް މަޝްހޫރު ފޮޓޯގްރާފަރުން ވެސް ހިމެނެ އެވެ.

ތައިލެންޑުން މިދިޔަ އަހަރު 32،432 މީހުން ވަނީ ރާއްޖެ އައިސްފަ އެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 17،697 މީހުން އެ ގައުމުން އައިސްފައިވެ އެވެ.