ސޮނީ ހާޑްވެއާގެ ދަސީން ފިހާރަ އޭ ބުނުމުން ނޭނގޭ މީހަކު މަދުވާނެ އެވެ. ސަބަބަކީ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުވެފައި މޮޅުވުމެވެ. މި ސިފައާއެކު ސޮނީގެ ދަ ސީން ފިހާރަ މިވަނީ މަޖީދީ މަގަށް ބަދަލުކޮށްފަ އެވެ.
ކުރިން އޯކިޑުމަގުގައި ހިންގަމުން ދިޔަ ދަސީން ފިހާރަ މަޖީދީމަގަށް ބަދަލުކޮށް ހުޅުވާފައިވަނީ ޕީޖީ އޮފީސް ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށެވެ. ހ. ނެރިންގޭގައި ދެ ފްލޯއަށް ހަދާފައިވާ ސީން ފިހާރަ މި ފަހަރު ވަރަށް ވެސް ފުރިހަމަ އެވެ. ކުރިން ދަ ސީން އާއްމުންގެ މެދުގައި މަގުބޫލު ވެފައިވަނީ ފޯނާއި އައިޕެޑް ފަދަ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން ބޮކިތައް ދިއްލާ ނިއްވާ ލެވޭ ފަދަ "ސިސްޓަމްތައް" ހުރި ތަނެއްގެ ގޮތުގަ އެވެ. ފެންވަރު ރަނގަޅު ބޮކި ގަންނަން ދާނަމަ ގިނަ މީހުންގެ ނަޒަރު ހުއްޓެނީ މި ފިހާރަ އަށެވެ. ބަދަލާއެކު ފިހާރަ މިވަނީ އިތުރަށް ފުރިހަމަވެފަ އެވެ.
"ފިހާރަ ބަދަލުކޮށްލުމުން މިހާރު ޖާގަ ވަރަށް ވެސް ތަނަވަސް ވާނެ. ވިޔަފާރިކުރަން ގޮސް އުޅޭ މީހުންނަށް މިހާރު ވަރަށް ފަސޭހަ ވާނެ،" އަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ދަ ސީން ފިހާރާގައި ފާހާނާއަށް ބޭނުންވާ ގިނަ ސާމާނު ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން ބަދިގޭ ސާމާނުގެ އަގުތައް ހެޔޮވާނެކަމަށް އަންވަރު ވިދާޅުވި އެވެ.
"ޓައިލްސް އާއި މި ނޫން ވެސް ގިނަ ސާމާނު މިހާރު މި ފިހާރަ އިން ލިބޭނެ. ބަދިގެ ސާމާނުގެ މި ހުރި ބްރޭންޑަކީ ވެސް ވަރަށް ފެންވަރު ރަނގަޅު އެއްޗެއް،" އަންވަރު ވިދާޅުވި އެވެ.
ސޮނީ ހާޑްވެއާގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ވިޔަފާރިކުރާ ކުންފުންޏެވެ. އެ ކުންފުނިން މާލޭގައި އެކަނި ހާޑްވެއާ ހަތް ފިހާރަ ހިންގަމުންދެ އެވެ.