ހަބަރު

ކޮރަޕްޝަންގެ މައްސަލައެއްގައި ކަސްޓަމްސްގެ އިސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ކަސްޓަމްސްގެ އިސް މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުމާ ގުޅިގެން އޭނާގެ ވަޒީފާއިން ވަކިކޮށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފަ އެވެ.

ކަސްޓަމްސްގެ އިސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަން ކަސްޓަމްސްގެ އޮފިޝަލަކު ވަނީ އަވަސްއަށް ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އެ މައްސަަލައިގެ އިތުރު ތަފުސީލެއް އޮފިޝަލް ހާމައެއް ނުކުރެއްވި އެވެ.

"އެ މައްސަލާގައި ޖިނާއީ ތަހުގީގު ކުރެވެމުންދާތީވެ އަޅުގަނޑުމެންނަކަށް ނެތް އިތުރު ތަފުސީލެއް ދެވޭކަށް، އެއީ ކޮން މުވައްޒަފެއް ކަމެއް، އަދި އެއީ ކޮން މައްސަލައެއްގައި ގުޅިގެން ކަމެއް ވަޒީފާއިން ވަކިކުރެވުނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކަސްޓަމްސް އިން ވަކިކުރި މުވައްޒަފު ވަކިކުރީ، ރިޝްވަތު ނަގައިގެން ކަސްޓަމްސްގެ ޕްރޮސީޖާގެ ތެރެއިން ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބެލުމަށް ފަހުގަ އެވެ.