ވިޔަފާރި

450 ޝެފުންނާއެކު އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ފަށައިފި

Aug 9, 2015

"ދި އެކްސްޕޯ އިން" އިންތިޒާމުކޮށްގެން ބާއްވާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު 450 ޝެފުންނާއެކު މިއަދު ފަށައިފި އެވެ.

 

ދި އެކްސްޕޯގެ އޮފިޝަލު ވިދާޅުވީ މިއަދު ކަލިނަރީ ޗެލެންޖު ފެށި ނަމަވެސް އެފްއެޗްއޭ ފެއާ ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދު ދިހައެއް ޖަހާއިރު ކަމަށެވެ.

"ކަލިނަރީ ޗެލެންޖަކީ ފެއާގެ ބައެއް. މި އަހަރުގެ ކަލިނަރީ ޗެންޖަށް ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ،" އޮފިޝަލް ވިދާޅުވި އެވެ.

މި އަހަރުގެ ހޮސްޕިޓާލިޓީ އޭޝިޔާ ފެއާ ދަރުބާރުގޭގައި ކުރިއަށް ދާނީ މި މަހުގެ 10-12 ގެ ނިޔަލަށެވެ. ކަލިނަރީ ޗެލެންޖުގެ އޮފިޝަލް "ކިޗަން އިކްއިޕްމަންޓް ސަޕްލަރަކީ" އީވޯ ހޯމް އެވެ.