ރޭ ރަސްފަންނުގައި ތިން އަންހެން ކުދިންގެ މެދު ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، ކުޑަ އަންހެން ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީ އެއްގެ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ދާއިރު މާރާމާރީ އާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ރޭ ހިނގި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ. ތިން އަންހެން ކުދިންގެ މެދުގައި ހިނގި މާރާމާރީ އަށްފަހު އެކަން ކުރި ކަމަށް ތުހުމަތުކޮށް ބައެއްގެ ފޮޓޯ ތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެ އެވެ.