ވިޔަފާރި

ދިރާގުން ޓީޗަރުންނަށް "އޭ ޕްލަސް" އެއް

Oct 6, 2019

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި "ދިރާގު" ން ޓީޗަރުންގެ މަސައްކަތް ފާހަގަކޮށް ޓީޗަރުންނަށް ފުރުސަތުތަކެއް ހުޅުވާލައިފި އެވެ. ގިނަ ހިދުމަތްތަކާއެކު، ޓީޗަރުންނަށް ދީފައިވަނީ "އޭ ޕްލަސް" ޕެކެޖެކެވެ.

"ޓީޗަރުން ދުވަސް" ފާހަގަ ކުރުމުގެ ގޮތުން، ދޭ މި ހާއްސަ އިނާޔަތުގައި އެ ކުންފުނީގެ ބައެއް ހިދުމަތްތައް ހިލޭ ދިނުން ވެސް ހިމެނެ އެވެ.

ދިރާގު "އޭޕްލަސް" އޮފާ

  • އަލަށް ގުޅާ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުން
  • ޕޯސްޓްޕެއިޑްގެ މަތީގެ ޕެކޭޖުތައް ގެންގުޅޭ ފަރާތްތަކަށް ތިން މަހަށް 2ޖީބީއާ ހަމައަށް ހިލޭ ޑޭޓާ
  • ދިރާގުން ގަންނަ ފޯނުތަކުން ހާއްސަ ޑިސްކައުންޓެއް
  • ވަކި ގްރޫޕެއްގެ މެދުގައި ހިލޭ ގުޅުމާއި ޑޭޓާ ޕެކޭޖު ނެގުމާއި އެ ނޫން ބައެއް ހިދުމަތްތައް

އޭ ޕްލަސް ލިބޭނީ ކިހިނެއް؟

ދިރާގުން ޓީޗަރުންނަށް ދޭ "އޭޕްލަސް" ހޯދަން ވަރަށް ފަސޭހަ އެވެ. މި އޮފާއަށް ހާއްސަ ފޯމު ނެގުމަށްފަހު ފޯމު ފުރާފައި އެ ޓީޗަރަކު މަސައްކަތް ކުރާ ސްކޫލް ނުވަތަ ތައުލީމީ އިދާރާއެއްގެ ތައްގަނޑު ޖެހުމުން މި ހިދުމަތް ލިބޭނެ އެވެ. މި ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.