ހޮންކޮންގް

ހޮންގްކޮންގުގައި މާސްކު އަޅައިގެން މުޒާހަރާކުރުން މަނާކޮށްފި

ހޮންގްކޮންގުގައި ސިލްސިލާކޮށް މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން، ގައުމުނ ނާމާންވެ ވެރިކަމާއި ކުރިމަތިލާން ޖެހިފައިވާތީ ފޭސް މާސްކް އަޅައިގެން މުޒާހަރާ ކުރުން ހޮންގްކޮންގުގެ ސަރުކާރުން މަނާކޮށްފި އެވެ.

ހޮންގްކޮންގުގެ ސަރުކާރުން ބުނީ މުޒާހަރާގެ ބައެއް ބައިވެރިން މާސްކު އަޅަނީ ފުލުހުންނާ ހަމަލާ ދިނުމަށާއި، ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖެހުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރާ މީހުން މާސްކު އަޅައިގެން ތިބޭތީ ހޯދަން އުނދަގޫ ވާ ކަމަށެވެ.

ތިން މަސްދުވަހަށް މިހާރު ދިގު ދެމިފައިވާ މުޒާހަރާތައް ކުރަން ފެށީ ހޮންގްކޮންގުން ފާސްކުރަން އުޅުނު އެކްސްޓްރެޑިޝަން ބިލުގައި މެއިން ލޭންޑު ޗައިނާއަށް ބޮޑެތި ބާރުތައް ދެވޭ ގޮތަށް އޮތުމުންނެވެ. ބިލު އަނބުރާ ގެންދިޔުމުން ދެން މުޒާހަރާ ކުރަން ފެށީ ހޮންގްކޮންގުގެ ލީޑަރު ކެރީ ލޭމް އިސްތިއުފާ ދެއްވުމަށް އެދި އެވެ. ސަބަބެއް ކަމަށް ބުނީ، ލޭމްގެ މައްޗަށް ޗައިނާގެ ސަރުކާރުގެ ނުފޫޒު އޮތުމެވެ.

މާސްކު އަޅައިގެން މުޒާހަރާ ކުރަން މިހާރު މަނާކޮށްފައި ވާއިރު، އެ ގަވާއިދަށް އަމަލު ނުކުރާ ފަރާތްތައް އެއް އަހަރު ދުވަހަށް ޖަލަށް ލެވެ އެވެ. ނޫނީ 3،100 ޑޮލަރުން ޖޫރިމަނާ ކުރެވެ އެވެ.

ހޮންގްކޮންގުގެ މުޒާހަރާތަށް މިހާރު ސިފަވެފައިވަނީ ކޮންމެ ދުވަހަކު ފުލުހުންނާއި އާންމުންނާ ދެމެދު ހިނގާ ކުރިމަތި ލުމެއްގެ ގޮތުގަ އެވެ. މުޒާހަރާގެ ބައެއް ބައިވެރިން ތިބެނީ ފުލުހުންނަށް ހަމަލާ ދިނުމުގެ ގޮތުން އައްޑަނަ އާއި ކަނޑި ވެސް ހިފައިގެނެވެ. މުޒާހަރާގެ ބައިވެރިން ހުއްޓުވުމުގެ ގޮތުން ފުލުހުން ބާރުގެ ބޭނުން ކުރިޔަސް، މުޒާހަރާތައް ގިނަ ފަހަރު ރޫޅައެއް ނުލެވެ އެވެ. އޭގެ ބަދަލުގައި މުޒާހަރާގެ ފަހަތު ސަފުތަކުގެ ބައިވެރިން ފުލުހުންނަށް އަމާޒު ކޮށްގެން ހަމަލާދީ ފުލުހުންގެ ފައުޖު ފަހަތައް ޖައްސަ އެވެ

މުޒާހަރާގެ ބައިވެރިން މާސްކު އަޅައިގެން މުޒާހަރާއަށް ދަނީ ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރަން ބޭނުންކުރާ ލެތަލް ވެޕަން އިން ސަލާމަތްވާށެވެ. ނަމަވެސް އޭގެ ނާޖާއިޒު ފައިދާ ނަގައި ބައެއް ގޭންގުތަކުން ފުލުހުންނަށް ހަމަލާދީ، ފިހާރަތަކުން ވައްކަން ކޮށްފައި ވެއެވެ.