އަދާލަތު ޕާޓީ

އަދާލަތުގެ ދުސްތޫރަށް އިސްލާހު ހުށައަޅަން ހުޅުވާލައިފި

އަދާލަތު ޕާޓީގެ ދުސްތޫރަށް އިސްލާހު ހުށައަޅަން ހުޅުވާލައިފި އެވެ.

އެ ޕާޓީން މިއަދު ބުނީ ކުރިއަށް އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގައި ޕާޓީގެ ދުސްތޫރަށް ގެންނަން ފެންނަ އިސްލާހުތައް އެކުލަވާލުމަށްޓަކައި ދުސްތޫރު މުރާޖައާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ދުސްތޫރަށް ގެންނަން ފެންނަ އިސްލާހުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އަދާލަތުން ބުނީ އެ ޕާޓީގެ ދުސްތޫރަށް ގެންނަން ބޭނުންވާ އިސްލާހުތަކަށް ހިޔާލު ހުށަހެޅުން 9 އޮކްޓޯބަރާ ހަމައަށް ޕާޓީގެ އިދާރާއަށް ލިޔުމުން ހުށައަޅާށާއި އީމެއިލް މެއިލް ކުރަން އެދޭ ކަމަށެވެ.

ދެހާސް އަށް ވަނަ އަހަރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ބަޔަކު އިސްވެ އުފެެއްދި އަދާލަތު ޕާޓީއަކީ މި ސަރުކާރުގެ ބައިވެރި އެކެވެ. ޕާޓީގެ އިސްވެރިން ތިއްބެވީ ސަރުކާރުގެ އިސް މަގާމުތަކުގަ އެވެ. ރައީސް ނަޝީދާއި، ރައީސް ވަހީދާއި، ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީގެ ހިއްސާ އޮތެވެ.

އެޕާޓީގެ ސިޔާސުތަކަށް މިފަހުން ބޮޑެތި ބައެއް ބަދަލުތައް އައިސްފައިވާކަމަށް ވިދާޅުވެ، ބައެއް އިލްމުވެރިން ވަނީ ޕާޓީއާއި ފެއަށް ވަޑައިގެންފަ އެވެ.

އަދާލަތު ޕާޓީގައި މިވަގުތު، ދައުލަތުން ފައިސާ ލިބޭ މިންވަރަށް މެންބަރުން ހަމައެއް ނުވެއެވެ. ޕާޓީއަށް 10،000 މެންބަރުން ހަމަނުވާތީ މިދިޔަ ދެ އަހަރެއްހާ ދުވަހު އެ ޕާޓީއަށް ދައުލަތުގެ ބަޖެޓުން ފައިސާއެއް ނުލިބެ އެވެ.