ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއްވެ، ހަތަރު މީހަކު ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނީ ދެ ސައިކަލް ޖެހިގެން ހިނގި އެ އެކްސިޑެންޓް ހިނގީ މިއަދު އިރުއޮއްސުނު ވަގުތު އެ ރަށުގެ ނިރޮޅުމަގުގައި ކަމަށެވެ. މި އެކްސިޑެންޓް ހިނގި އިރު އޭގެ ތެރެއިން އެއް ސައިކަލްގައި އަންހެނަކާއި ފިރިހެނަކު ތިބިއިރު އަނެއް ސައިކަލްގައި ތިބީ ދެ ފިރިހެނުންނެވެ.
އެކްސިޑެންޓްގައި އަނިޔާވި އަންހެން ކުއްޖާއަށް އިތުރު ފަރުވާ ދޭން އައިޖީއެމްއެޗަށް ބަދަލު ކޮށްފައި ވާއިރު އެ ސައިކަލް ދުއްވަން އިން ފިރިހެން މީހާ އާއި ދެ ވަނަ ސައިކަލްގައި ތިބި ދެ މީހުންނަށް ލިބިފައިވާ ޒަޚަމްތަކަށް ހުޅުމާލޭ ހޮސްފިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.