ހަބަރު

އިލްމްވެރިން ރައީސް ސޯލިހާ ބައްދަލު ކުރައްވައިފި

Oct 8, 2019
5

ގިނަ އަދަދެއްގެ ދީނީ އިލްމްވެރިންތަކެއް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ދީނީ އިލްމްވެރިންނާއެކު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އިލްމްވެރިއެއް ކަމަށްވާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ރައީސް ސޯލިހާ ބައްދަލު ކުރައްވައި އިލްމްވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އިހުސާސްތައް އަޑު އެއްސެވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑުމެން ޔަގީން ކުރަނީ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތައް އަވަސް ފުރުސަތެއްގައު އަމަލީ ސިފައެއް އައިސްގެން ދިޔުން،" އިޔާޒު ވިދާޅުވި އެވެ.

އިލްމްވެރިން ރައީސް ސޯލިހާ ބައްދަލު ކުރެއްވީ އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައިވާ މައްސަލާގަ އެވެ. އެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އެ ޖަމިއްޔާއަށް އަމާޒުވެފައިވާއިރު ރައީސް ސޯލިހު ވަނީ އެކަމުގައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.