ރާއްޖެ ކުޅިވަރު

ގައުމީ ކޯޗް މަގާމުން ވަކިކޮށްފި

Aug 11, 2015
6

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ބަލްގޭރިޔާގެ ވެލީޒާ ޕޮޕޯފް މިއަދު މަގާމުން ދުރުކޮށްފި އެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ކޯޗު މާދަމާރޭ ރާއްޖެއިން ފުރާނެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެފްއޭއެމުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް ކޯޗުގެ ވަރަށް އަރިސް މީހަކު ނަން ނުޖަހާ ގޮތަށް މިއަދު ބުނީ ކޯޗް މަގާމުން ދުރު ކުރިކަން މިއަދު ކޯޗަށް އަންގާފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން ގައުމީ ޓީމު، ހަވާލު ކުރީ އެސިސްޓެންޓް ކޯޗް އިސްމާއިލް މަހުފޫޒް (އިންމަ) ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ކޯޗް މަގާމުން ދުރު ކުރީ އެފްއޭއެމްގެ އިސްވެރިންގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލު ވުމަކަށް ފަހުގަ އެވެ.

ކޯޗް މަގާމުން ދުރުކޮށްފައި މިވަނީ އިންޑިއަން އޯޝަން ގޭމްސްގައި ރާއްޖޭގެ ޓީމު ދެއްކި ދަށް ނަތީޖާތަކާ ގުޅިގެން، ކުޅުންތެރިން އިސްކަން ދެނީ ކުޅުމަށް ވުރެ ބޮޑަށް ހެއާ ސްޓައިލް އާއި އަންހެން ކުދިންނާއި ފޭސްބުކް ސްޓޭޓަސް އަޕްކުރުމަށް ކަމަށް ބުނެ، ކުޅުންތެރިންނަށް ފާޑުކީ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އަނެއްކޮޅުން ކޯޗު ވަނީ އޭނާ މިހާތަނަށް ފޭސްބުކާއި ޓުވިޓާގައި ލިޔުނު ގިނަ ލިޔުންތަކާއި ފޮޓޯތައް ވެސް

ޑިލީޓްކޮށް ބައެއް ކުޅުންތެރިންނާއި ނޫސްވެރިން ވެސް ބްލޮކް ވެސް ކޮށްފަ އެވެ.

ކޯޗަށް އަމާޒުކޮށް ބައެއް ކުޅުންތެރިން ނުރުހުމުގެ ބަސްތައް ވަނީ ސޯޝަލް މީޑިއާއަށް ވެސް މީގެ ކުރިން ބަންޑުން ކޮށްލައިފަ އެވެ. ނަމަވެސް އާންމުން ބުނަނީ ކޯޗްގެ ވާހަކަތައް ރަނގަޅު ކަމަށެވެ.

ގައުމީ ކޯޗު ބަލްގޭރިޔާގެ ވެލީޒޯ ޕޮޕޯފް އެންމެ ފުރަތަމަ ރާއްޖެ އައީ 2012 ވަނަ އަހަރު ނިއު ރޭޑިއަންޓަށެވެ. ބަލިނުވެ އެފްއޭކަޕާއި ދިވެހި ލީގު ކާމިޔާބުކޮށް ނިއުރޭޑިއަންޓް އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ގެންގޮސްދިނެވެ.

ނިއުގައި ހޯދި ކާމިޔާބީތަކުން ފަހިވި ފުރުސަތުތަކެއްގައި ސީޒަން ނުނިމެނީސް ޕޮޕޯފް ކުލަބު ދޫކޮށްލީ ބޮޑު މުސާރައަށް އޮމާނުގެ ސޫރު ސްޕޯޓްސްއާ ހަވާލުވުމަށެވެ. އޭގެ ފަހުން އޭނާ ހުރީ ތައިލެންޑްގަ އެވެ. ގައުމީ ޓީމަށް އައީ ކޯޗުކޮށްދޭނެ ޓީމެއްނެތި ދުވަސްކޮޅަކު ހުރުމަށްފަހވެ. އޭނާގެ ކޯޗުކަމުގައި ރާއްޖެ މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެ މޮޅުވީ ސީޝެލްސް އަތުންނެވެ.