ވިޔަފާރި

ދިރާގުން އެޕަލްގެ އެންމެ ފަހުގެ ފޯނު ޕްރީއޯޑަރަށް

Oct 11, 2019

ރާއްޖޭގެ އެންމެ ބޮޑު ޓްލެކޮމް ކުންފުނި ކަމަށްވާ ދިރާގުން، އެޕަލްއިން ނެރުނު އެންމެ ފަހުގެ ފޯނު ޕްރީ-އޯޑަރަށް ހުޅުވާލައިފި އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އެޕަލްގެ އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް ޕްރީއޯޑަރުކޮށް ލިބޭނެ ކަމަށެވެ.

ދުނިޔޭގެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައިވާ އެޕަލްގެ އެންމެ ފަހުގެ ފޯނަށް ވެސް ދިރާގުން ވަނީ ހާއްސަ އިންސްޓޯލްމަންޓް ޕްލޭންތަކެއް ތައާރަފުކޮށްފަ އެވެ. އެއް އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސް ކުރެވޭ މި އިންސްޓޯލްމަންޓް ޕްލޭންގައި އައިފޯން 11 ޕްރޯ އަދި އައިފޯން ޕްރޯ މެކްސް އަށް ހާއްސަ އަގުތަކެއް ދީފައިވެ އެވެ. މިގޮތުން މިގޮތަށް ފޯނު ނަގާ ފަރާތްތަކަށް ހަ މަސް ދުވަސް ވަންދެން ފަސް ޖީބީ ލިބޭނެ އެވެ.

އައިފޯން 11 ޕްރޯ ގެ އަގުތައް

  • 65 ޖީބީ (އެޑްވާންސް ޕޭމަންޓް 2999ރ) މަހުފީ- 1،659 ރުފިޔާ
  • 256 ޖީބީ (އެޑްވާންސް ޕޭމަންޓް 2،999ރ.) މަހުފީ- 1939 ރުފިޔާ
  • 512 ޖީބީ (އެޑްވާންސް ޕޭމަންޓް 2،999ރ.) މަހު ފީ- 2،229 ރުފިޔާ

އައިފޯން 11 ޕްރޯ މެކްސް

  • 65 ޖީބީ (އެޑްވާންސް ޕޭމަންޓް 3،999ރ) މަހުފީ- 1،765 ރުފިޔާ
  • 256 ޖީބީ (އެޑްވާންސް ޕޭމަންޓް 3،999ރ.) މަހުފީ- 2،059 ރުފިޔާ
  • 512 ޖީބީ (އެޑްވާންސް ޕޭމަންޓް 3،999ރ.) މަހުފީ- 2،429 ރުފިޔާ

އިންސްޓޯލްމަންޓް ޕްލޭންގެ އިތުރުން ގަނޑުކޮށް ފައިސާ ދައްކާފައި ނަގާ ފަރާތްތަަށް ހާއްސަ އަގުތަކެއް ވެސް ދިރާގުން ވަނީ އާއްމުކޮށްފަ އެވެ.

އައިފޯންގެ އެންމެ ފަހުގެ ފޯނު ދުނިޔޭގެ ބާޒާރަށް ނެރެފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ކުންފުނިން ނެރެފައިވާ އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްގައި 11 ކުލައެއް ހިމެނެ އެވެ. މިފަހަރުގެ ފޯނުގައި އެ ކުންފުނިން ވަނީ ވާދަވެރިންނަށް ގޮން ޖެހުމުގެ ގޮތުން ފޯނުގެ ކެމެރާއަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. މިފަހަރުގެ ފޯނުތަކުގެ ކުރިމައްޗާއި ފަހަރު ކެމެރާއިން ފޯކޭ ކޮލިޓީގައި ވީޑިއޯ ނެގެ އެވެ.