މޫސުން

ލޯންޗަކަށް ހޮނު އަޅައި ގެއްލުން ވެއްޖެ

މަސް ބަނާން ނުކުމެ އުޅުނު ލޯންޗަކަށް ހޮނު އަޅައި ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ. ނަމަވެސް ހޮނުގެ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ފުލުހުން ބުނީ ހޮނު އަޅާފައި ވަނީ ހުކުރަށް ފަހު ކ. ކުޑަވިލިނގިއްޔާ ދިމާ ބޭރުން މަސްވެރި ކަމަށް ނުކުމެ އުޅުނު ލޯންޗަ ކަށެވެ.

މިއަދު 3:00 ޖަހާ އެހާކަންހާއިރު ހިނގި އެ ހާދިސާގައި ލޯންޗާއި އޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންތައްވެފައި ވެއެވެ.

ލޯންޗަށް ހޮނު އަޅައި ލޯންޗުގެ ބޮޑު ބަޔަކަށާއި ތަކެއްޗަށް އެކިވަރު ގެއްލުން ލިބިފައި ނުކޮށް ތުލުސްދޫގައި ގާއިމުވެ ތިބޭ ފުލުހުން ގޮސް މީހުން ސަލާމަތްކޮށް ގެއްލުންތައް ލިބިފައިވާ ލޯންޗާއެކު މިހާރު ވަނީ ތުލުސްދޫއަށް ގެންގޮސްފަ އެވެ.

އެ ލޯންޗަށް ހޮނު އެޅި އިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަނީ ގޯސްވެފަ އެވެ. އަދި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވެސް މޫސުމާބެހޭ އިދާރާ އާއި ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.