ހަލަވެލި ރިސޯޓް

ކޮންޑެނާސްޓް މަޖައްލާގެ ގަދަ 19 ގައި ހަލަވެލި ރިސޯޓް

Oct 12, 2019
1

މަޝްހޫރު ޓްރެވެލް މަޖައްލާ، ކޮންޑެނާސްޓް ޓްރެވަލާސް މަޖައްލާގެ ކިޔުންތެރިންގެ ހޮވި މި ސަރަހައްދުގެ ގަދަ 19 ރިސޯޓުގެ ތެރޭގައި ރާއްޖޭގެ ކޮންސްޓެންސް ހަލަވެލި ރިސޯޓު ހިމެނިއްޖެ އެވެ.

ކޮންސްޓެންސް ހޮޓެލް އެންޑް ރިސޯޓްސް ކުންފުނިން ބުނި ގޮތުގައި ކޮންޑެނާސްޓް ޓްރެވަލާސްގެ ރީޑާސް ޗޮއިސް ލިސްޓުގެ ގަދަ 30 ގައި ހަލަވެލި ރިސޯޓުގެ އިތުރުން އެ ކުންފުނީގެ އިތުރު ފަސް ރިސޯޓެއް ވެސް ހިމެނިފައިވާ ކަމަށެވެ.

ކޮންސްޓެންސް އިން ބުނި ގޮތުގައި "ރީޑާސް ޗޮއިސް 2019" ލިސްޓުގެ 20 ވަނަ އެ ކުންފުނިން މޮރިޝަސްގައި ހިންގާ ރިސޯޓު ހިމެނިފައި ވެއެވެ. އަދި 21 ވަނާގައި ރާއްޖޭގެ މޫފުށި ހިމެނުނުއިރު 24 ވަނައިގައި ކޮންސްޓެންސް މޮރިޝަސް ރިސޯޓެއް ހިމެނެ އެވެ، އަދި ޝީޝެލްސްގައި އެ ކުންފުނިން ހިންގާ ދެ ރިސޯޓެއް 25 އާއި 26 ވަނާގައި ހިމެނިފައިވެ އެވެ

ކޮންސްޓެންސް ހޮޓެލް އެންޑް ރިސޯޓްސްއަކީ ޓޫރިޒަމް ދާއިރާގައި 40 އަހަރުވީ ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖެ އާއި ސީޝެލްސް އަދި މޮރިޝަސްގެ އިތުރުން މަޑަގަސްކަރާގައި ރިސޯޓު ހިންގަ އެވެ.

އިނގިރޭސިވިލާތުން ޓްރެވަލް އަދި ލައިފް ސްޓައިލް މެގަޒިން ކޮންޑެނާސްޓް ޓްރެވަލާސްއަކީ 1987 ވަނަ އަހަރުން ފެށިގެން ނެރޭ މަޖައްލާ އެކެވެ. އަހަރަކު އަށް ފަހަރު މި މަޖައްލާ ނެރޭއިރު، 813,262 ކޮޕީ ޗާޕު ކުރެ އެވެ. އަދި މިއީ އެތައް މިލިއަން ބަޔަކު ކިޔާ މަޖައްލާ އެކެވެ.