ހަބަރު

ތިން ފުލުހަކު ޒަހަމްކޮށްލި ދެ މީހަކު ހައްޔަރުކޮށްފި

Jan 3, 2015

ދ. މީދޫގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހުރަސްއަޅައި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

އެ ދެ މީހުން ހައްޔަރު ކުރީ ބުރާސްފަތި ދުވަހު އެވެ. ފުލުހުން ބުނީ އެ ދެމީހުން ހައްޔަރު ކުރީ މީދޫގައި ހަރަކާތްތެރިވާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ތުޙުމަތު ކުރެވޭ މައްސަލައެއްގައި އިއްޔެ ކަމަށެވެ. އެ ދެމީހުން މާރާމާރީ ހިންގުމުގެ ސަބަބުން ތިން ފުލުހަކަށް އަނިޔާވެފައި ވެއެވެ.

މާރާމާރީ ހިންގި ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.