އެމްއެންޑީއެފް

ސިފައިންގެ ގާބިލްކަން އިތުރުކުރަން ލަންކާއާ މަޝްވަރާކޮށްފި

Oct 13, 2019

ދިވެހި ސިފައިންގެ ގާބިލްކަން އިތުރު ކުރަން ސްރީލަންކާގެ އަސްކަރިއްޔާއާއެކު މަޝްވަރާކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މި މަޝްވަރާތައް ކުރިއަށްދިޔައީ ސްރީލަންކާ އަސްކަރިއްޔާގެ ޗީފް ފީލްޑް އިންޖީނިއާ، މޭޖާ ޖެނެރަލް ޓީ ޖޭ ނަނަޔައްކަރަ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާ ދެ ބޭފުޅުން ބޭއްވި ބައްދަލު ކުރެއްވުމެއްގައި ކަމަށެވެ.

މިއަދު ބަންޑާރަކޮށީގައި އޮތް މި ބައްދަލު ވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުންނާއި، ދިވެހި ސިފައިންގެ ގާބިލްކަން އިތުރު ކުރަން ތަމްރީން ޕްރޮގްރާމްތަކުގެ ފުރުސަތު ހޯދުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މޭޖާ ޖެނެރަލް ޓީ ޖޭ ނަނަޔައްކަރަ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، ދިވެހި ސިފައިންނަށް ހިނގާ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ބޭސިކް ޓްރޭނިންގ ކޯހުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ..