ދިވެހި ސިނަމާ

ރަވީގެ އާ ފިލްމެއް: ފުރަތަމަ ޝޯ މިރޭ

އެ ފިލްމަކީ "މިކޮއެ ބައްޕަ ބައެ ބައެ" އޭ ކިޔުނު ސަސްޕެންސް ތްރިލާ އެކެވެ.

އައިޝަތު ރިޝްމީ އާއި މުހައްމަދު މަނިކު ލީޑް ރޯލަށް ލައިގެން ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ފިލްމީ ދާއިރާގައި މިހާރު އެންމެ އަތް ގަދަކޮށްފައިވާ ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އުފެއްދުމެކެވެ.

އެ ސްޓޫޑިއޯގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަށް ސްކްރީންޕްލޭ ތައްޔާރުކޮށްދީފައި ވަނީ މަހުދީ އަހުމަދެވެ. އޭނާ އަކީ ރަވީ ޑައިރެކްޓްކޮށް ބޮޑު ތަރުހީބެއް ހޯދި ފިލްމު "އިނގިލި" އަށް ވެސް ސްކްރީންޕްލޭ ތައްޔާރުކޮށްދިން ފަރާތެވެ.

މީގެ އިތުރުން މިފަހުން ޑާކް ރެއިން އެންޓަޓެއިންމަންޓުން ގެނެސް ބެލުންތެރިންގެ އާޝޯހުކޮށްލި "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ ވެސް މަހުދީގެ ސްކްރިޕްޓެކެވެ.

"މިކޮއެ ބައްޕަ ބައެ ބައެ" އަކީ ޝޯޓް-ޓާމް މެމޮރީގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ފިރިހެނަކު އޭނާގެ ހިއްސުތަކުގެ ތަކުގެ ތެރޭގައި ތާށިވެ ބަންދުވެފައިވާ ގޮތް ދައްކުވައިދޭ ފިލްމެކެވެ.

އެންމެފަހުން މި ފިލްމެއް މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރާއިރު މިއީ ޕްރޮޑަކްޝަނުގައި ގާތްގަނޑަކަށް ހަތަރު އަހަރުވެފައިވާ ފިލްމެއްކަން ފާހަގަކޮށްލަން ޖެހެ އެވެ. ފަހަރެއްގައި މިއީ ފިލްމަށް އޮތް ރަނގަޅު ފާލެކެވެ.

ރަވީ ޑައިރެކްޓްކުރި "އިނގިލި" އަކީ ވެސް އޭގެ މަސައްކަތް ފެށިތާ އެތައް ދުވަހެއް ފަހުން ނެރެގެން ބޮޑު ތަރުހީބެއް ހޯދި ފިލްމެކެވެ.

ފިލްމުގެ ޓިކެޓް އޮލިމްޕަހުން ވިއްކަމުން ދަނީ 100ރ. އަށެވެ.