ގައުމީ ފިލްމް އެވޯޑްސް

ފިލްމް އެވޯޑްސްގައި ވާދަކުރާ ފިލްމުތައް އިއުލާނުކޮށްފި

Oct 15, 2019

ފިލްމް އެވޯޑްސްގައި ވާދަ ކުރާ ފިލްމުތައް އިއުލާން ކޮށްފި އެވެ.

އެންސީއޭގެ ޑެޕިއުޓީ މިނިސްޓްރީ ވަލީދާ ވަލީދު ވިދާޅުވީ އަންނަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު ބާއްވާ ނުވަވަނަ ފިލްމް އެވޯޑްސްގައި ވާދަ ކުރަނީ 12 ފީޗާ ފިލްމާއި ކުރު ފިލްމެއް ކަމަށެވެ. ކުރު ފިލްމެއްގެ ގޮތުގައި ބައިވެރިކޮށްފައި ވަނީ "ކަނޑު އިބިލީސް" އެވެ.

އެވޯޑްސްގައި 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރު ނިިކުތް ބޮޑެތި ފިލްމުތައް ހިމެނެ އެވެ.

"އަޅުގަނޑުމެން މިދަނީ މިއަަހަރުގެ އެވޯޑްސް ނައިޓް ވަރަށް ޚާއްސަ ކުރެވޭތޯ މަސައްކަތް ކުރަމުން. ވާދަވެރި ގިނަ ފިލްމުތަކެއް ހިމެނުމަކީ ވެސް މި އަހަރުގެ އެވޯޑް ނައިޓް ޚާއްސަ ވާނެ ސަބަބެއް." ވަލީދާ ވިދާޅުވި އެވެ.

ފިލްމް އެވޯޑްސްގައި ވާދަކުރާ ފިލްމުތައް

  • ނޭދެން ވަކިވާކަށް - 2017
  • ވިޝްކާ - 2017
  • ރޭވުމުން - 2018
  • މީ ލޯތްބަކީ - 2017
  • ބޮސް - 2017
  • ތިޔަ - ލޯތްބާ ދުރަށް 2018
  • ނޯޓީ ފޯޓީ - 2017
  • އިލްނޮއިސް - 2017
  • ހައްދު - 2017
  • ކަނޑު - އިބިލީސް 2018
  • މަލިކާ - 2017
  • ދެވަންސޫރަ - 2018