ގައުމީ ފިލްމް އެވޯޑްސް

ފިލްްމް އެވޯޑްސްގެ އޮންލައިން ޕާޓްނަރަކަށް އަވަސް

ނުވަވަނަ ފިލްމު އެވޯޑްސްގެ އޮންލައިން ޕާޓްނަރަކަށް އަވަސް އޮންލައިން ހަމަޖައްސާ އެއްބަސްވުން ބައްދަލުކުރަނީ --
100%
0%
0%

ނުވަ ވަނަ ފިލްމު އެވޯޑްސްގެ އޮންލައިން ޕާޓްނަރަކަށް އަވަސް އޮންލައިން ހަމަޖައްސައިފި އެވެ.

އެވޯޑް ބާއްވާ އެންސީއޭއިން ގެންދަނީ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު އެވޯޑް ހަފުލާ ބާއްވަން ފިލްމު އެވޯޑްސްގެ ޕާޓްނަރުން ހަމަޖައްސައި އެ ފަރާތްތަކާއެކު ސޮއި ކުރަމުންނެވެ. އެގޮތުން އެވޯޑްސްގެ އޮންލައިން ޕާޓްނަރަކަށް އަވަސް އޮންލައިން ހަމަޖައްސާ ސޮއި ކުރީ މިއަދު އެވެ.

ފިލްމް އެވޯޑްސްގެ އޮންލައިން ޕާޓްނަރަކަށް އަވަސް ހަމަޖައްސާ އެންސީއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދެވެ. އަވަސްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ އެޑިޓަރު މުހައްމަދު އަފްރާހެވެ.

ފިލްމް އެވޯޑްސްގައި ވާދަ ކުރަނީ 12 ފީޗާ ފިލްމާއި ކުރު ފިލްމެކެވެ. ކުރު ފިލްމެއްގެ ގޮތުގައި ބައިވެރިކޮށްފައި ވަނީ "ކަނޑު އިބިލީސް" އެވެ.

އެވޯޑްސްގައި 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރު ނިިކުތް ބޮޑެތި ފިލްމުތައް ހިމެނެ އެވެ.

ފިލްމް އެވޯޑްސްގައި ވާދަކުރާ ފިލްމުތައް

  • ނޭދެން ވަކިވާކަށް - 2017
  • ވިޝްކާ - 2017
  • ރޭވުމުން - 2018
  • މީ ލޯތްބަކީ - 2017
  • ބޮސް - 2017
  • ތިޔަ - ލޯތްބާ ދުރަށް 2018
  • ނޯޓީ ފޯޓީ - 2017
  • އިލްނޮއިސް - 2017
  • ހައްދު - 2017
  • ކަނޑު - އިބިލީސް 2018
  • މަލިކާ - 2017
  • ދެވަންސޫރަ - 2018

މިފަހަރުގެ ފިލްމު އެވޯޑްގެ ފަނޑިޔާރުންނަކީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އާއި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަނާއި ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނިޔާ

އަފޫވެސް ވަލީ ވެސް ވަރަށް ގުޅޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345