ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ހުޅުދެއްޔަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް، ދ. ހުޅުދެއްޔަށް ވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ދ އަތޮޅުގެ ސިއްހީ ޚިދުމަތަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމަށް ބާއްވަވާ ޖަލްސާ ޝަރަފްވެެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ކުޑަހުވަދޫއަށް ވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގައެވެ.

ރައީސް ދ. ހުޅުދެއްޔަށް ވަޑައިގަތުމުގެ އެ ރަށުގެ ކައުންސިލް މެންބަރުންނާއި، އާންމު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

900 މީހުންގެ އާބާދީއެއް އޮތް ހުޅުދެއްޔަކީ މަސްވެރިކަމަށް ޚާއްސަ ރަށެކެވެ. ރައީސް ވަނީ އެ އަތޮޮޅުގެ މަސްވެރިން ބާނާ މަސް ފަސޭހައިން ކިރޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މިފްކޯގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހުޅުދެލީ ކައުންސިލާވެސް ބައްދަލްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށުގައި ހުރި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ވަނީ ހުޅުދެލީ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ.