ރާއްޖެ ކުޅިވަރު

އަފްގާނިސްތާން އަތުން ބަލިވެ، ރާއްޖެ ކަޓައިފި

Aug 12, 2015

ސާފް ޗެމްޕިއަންޝިޕް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިރޭ އަފްގާނިސްތާން އަތުން 4-2އިން ބަލިވެ، ރާއްޖެ މުބާރާތުން ކަޓައިފި އެވެ.

ޖުމުލަ ތިން ގައުމު ހިމެނޭ ގްރޫޕްބީގައި ހިމެނުނު ރާއްޖެ ކަޓައި ސެމީ ފައިނަލަށް ނޭޕާލާއި އަފްގާނިސްތާން ދަތުރުކުރީ މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން 5-0އިން ރާއްޖެ ބަލިވެފައިވާތީ އެވެ. އަދި އަފްގާނިސްތާނާއި ނޭޕާލްގެ މެޗު ކުރިއަށް އެބައޮތެވެ.

މިރޭގެ މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ އަފްގާނިސްތާން ތިން ލަނޑު ޖެހި ފަހުން 62 ވަނަ މިނިޓްގައި ޔާނިޝް އާދިލް އެވެ. އަދި ނަތީޖާ 4-1ގައި އޮއްވައި ރާއްޖޭގެ ދެ ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން އިސްމާއީލް ޒާން އާމިރެވެ.

ޖުމުލަ ހަ ގައުމު ވާދަކުރާ މުބާރާތުގެ ސެމީ ފައިނަލަސް ގްރޫޕް އޭއިން ހޮވިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާ އާއި މުބާރާތް ބާއްވާ ބަނގްލަދޭޝް އެވެ. މި ދެ ގައުމު އަތުން ބަލިވެ އެ ގްރޫޕުން ކެޓީ ސްރީލަންކާ އެވެ.

މި މުބާރާތް ނިމޭނީ މި މަހުގެ 18ގަ އެވެ.