ތައިލެންޑް

ބުރުގާ އަޅާތީ ކަންބޮޑުވި ހާޝިމަށް ތައި އެމްބަސީން ވަޒީފާ

Oct 17, 2019
5

ކުރިން ހއ. ދިއްދޫ ކައުންސިލް ރައީސް ކަމުގައި ހުންނެވި އަލީ ހާޝިމް، ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރަޓަރީއަކަށް ހަމަޖައްސައިފި އެވެ.

އޭނާއަކީ ޗެނަލް ނިއުސް އޭޝިއާގެ "އަންޑަކަވާ" ގެ އެޕިސޯޑެއްގައި ހއ. ދިއްދޫގައި ސްކޫލް ކުދިން ވެސް ބުރުގާ އަޅާ ކަމަށާއި އެކަމަކީ ރަނގަޅު ނިޝާނެއް ނޫން ކަމަށާއި އެއީ ރާއްޖެ ހައްދުފަހަނައަޅައި ދިއުމުގެ ސަބަބުން ވެފައިވާ ކަމެއް ކަމަށް ބުނެ ވާހަކަ ދައްކާފައިވާ މީހެކެވެ. އޭގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.

އޭނާ ކައުންސިލުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ މި އަހަރުގެ ޖެނުއަރީގަ އެވެ. އޭރު އޭނާ އިސްތިއުފާ ދެއްވީ އޭނާގެ ދެއްކި ވާހަކަތަކާ ގުޅިގެ ދިއްދޫގެ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކޮށް އޭނާ އިސްތިއުފާ ދިނުމަށް އެދެން ފެށުމުންނެވެ.