ވިޔަފާރި

އެޓްމޮސްފިއާ އިން ރާއްޖޭގައި ފަސްވަނަ ރިސޯޓު ހުޅުވައިފި

Oct 19, 2019
3

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނީގެ ފަސްވަނަ ރިސޯޓް "ވަރުބައި އެޓްމޮސްފިއާ" ހުޅުވައިފި އެވެ.

މަޝްހޫރު ހޮޓެލް ޗެއިން، އެޓްމޮސްފިއާ ގްރޫޕުން މާލެ އަތޮޅުގައި ހުޅުވި ވަރުބައި އެޓްމޮސް ފިއާ ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެވެ. މާލެ އިން ފުރައިގެން ސްޕީޑް ލޯންޗެއްގައި 40 މިނިޓުން ދެވޭ ރާސްތާގައި އޮންނަ މި ރިސޯޓުގައި 39 ބީޗު ކޮޓަރި އާއި 69 މޫދު ކޮޓަރި ހިމެނޭ ގޮތަށް ޖުމުލަ 108 ކޮޓަރި ހުރެ އެވެ.

ރާއްޖޭގެ މާހައުލުން ފެންނަ ކުލަތައް އަސްލަކަށް ބަލައިގެން ތަރައްގީ ކޮށްފައިވާ މި ރިސޯޓުގައި ސްޕާ އަކާއި ކިޑްސް ކްލަބެއްގެ އިތުން މޫދު ކުޅިވަރުތަކާއި ޑައިވިންއަށް ހާއްސަ ސެންޓެއް ވެސް ހުރެ އެވެ.

މި ރިސޯޓުގެ ހާއްސަ ކަމަކީ މެހުމާނުންނަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ އޯލް އިންކްލޫސިވް ޕްލޭން އެވެ. މި ރިސޯޓުން ފަރުމާ ކޮށް ފައިވާ "ވަރު ޕްލޭން" ގެ ނަން ދީފައިވާ މި ޕްލޭންގައި ކެއިންބުއިމާއި މޫދު ކުޅިވަރު އަދި އެހެނިހެން ހަރަކާތްތައް ހިމެނެ އެވެ.

އެޓްމޮސް ފިއާ ގްރޫޕުން މި ފަހަރު ހުޅުވި ވަރު ބައި އެޓްމޮސް ފިޔާ ރިސޯޓުގެ އިތުރުން ރާއްޖޭގައި ހިންގަނީ އޮޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ އާއި އޯ ބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި ރިސޯޓް އަދި އޯބްލޫ ސިލެކްޓް އެޓް ސަންގެލީ ރިސޯޓެވެ. މީގެ އިތުރުން މި ކުންފުނީގެ ފުރަތަމަ ރިސޯޓް ކަމަށްވާ ޅ. އަތޮޅުގައި ހުޅުވި އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް އެވެ.