ހަބަރު

ތޮށިލާން ބޭނުންކުރާ ޖިއޯސިންތެޓިން ޕްރޮޑަކްޓުގެ ސެމިނާއެއް

Oct 19, 2019
1

ތޮށިލާން ބޭނުން ކުރާ ޖިއޯސިންތެޓިކް ޕްރޮޑަކްޓުގެ މައުލޫމާތު ދޭން ހާއްސަ ހާއްސަ ސެމިނާއެއް ބާއްވައިފި އެވެ.

ސޯލްޓް ކެފޭގައި ބުރާސްފަތި ދުވަހު ބޭއްވި މި ސެމިނާ ޝަރަފުވެރިކޮށްދެއްވީ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

މި ސެމިނާ ބާއްވާފައިވަނީ ޖިއޯސިންތެޓިކް ޕްރޮޑަކްޓް ރާއްޖޭގައި ވިއްކާ ޓެންގޭޓް ޖިއޯ ސެންތެޓިކް ކުންފުނިންނެވެ.

ރާއްޖޭގެ ގިނަ މަޝްރޫއުތަކުގައި ވެސް ބޭނުން ކުރާ މުހިންމި ޕްރޮޑަކްޓަކީ ތޮށިލުމަށްފަހު ގާތަށް ފައިބައިގެން ދިއުން ފަދަ ކަންކަމުން ރައްކާތެރިކުރަން ބޭނުންކުރާ ހާއްސަ އުފެއްދުމެކެވެ.

މި އުފެއްދުން ރާއްޖޭގެ 15 ރިސޯޓަކާއި ދެ އެއާޕޯޓް އަދި ގިނަ ރަށްރަށެއްގެ ބަނދަރު ހެދުމުގައި ބޭނުން ކުރެ އެވެ.

ޓެންގޭޓް ޖިއޯސިންތެޓިކް ކުންފުންޏަކީ ހޮލެންޑުގެ ރޯޔަލް ޓެންގޭޓް ކުންފުނީގެ ސަބްސިޑަރީ އެކެވެ. ރޯޔަލް ޓެންގޭޓްސްއަކީ އެމްސްޓެޑަމްގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ 300 އަހަރުވީ ކުންފުންޏެވެ.