ސީއެމްޑީއޭ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް ބާއްވަނީ

Oct 20, 2019

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

މި ފޯރަމަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއޮ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ބާއްވާ ފޯރަމެކެވެ. ފޯރަމް އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު ބަނޑޮސް ރިސޯޓުގަ އެވެ.

ސީއެމްޑީއޭ އިން ބުނީ މިއީ ހިއްސާގެ ބާޒާރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފޯރަމެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. ބޭނުމަކީ ރާއްްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދަން ބޭނުންވާ ފައިސާ ކެޕިޓަލް މާކެޓްގެ ތެރެއިން ހޯދޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް އެކަން ދެނެގަތުން ކަމަށެވެ.

މި ފޯރަމްގެ ޝިއާރަކީ "ކެޕިޓަލް މާކެޓް ފޯ ސޯޝަލް ހާމަނީ" އެވެ.