ދިރާގު

ދިރާގަށް ދެވަނަ އާމްދަނީގެ ގޮތުގައި 617 މިލިއަން

Aug 2, 2021
3

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 617 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް މުއާސަލާތީ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ދިރާގުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާމްދަނީ އަށް 660 މިލިއަން ލިބުނު ނަމަވެސް ދެވަނަ ކުއާޓަރުގައި އާމްދަނީ ވަނީ 617 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ. މޮބައިލް އާމްދަނީ އިން ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 340 މިލިއަން ރުފިޔާ އެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް އާއި އެންޓަޕްރައިސް ދާއިރާ އިން 261 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދިރާގުގެ އާމްދަނީ އިތުރުވީ ނަމަވެސް ސާފު ފައިދާ ވަނީ ދަށަށް ގޮސްފަ އެވެ. ކޮވިޑް-19 ގެ ސަބަބުން އައި ހީނަރުކަމާއެކު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 195 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 219 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 230 މިލިއަން ރުފިޔާ ދިރާގަށް ލިބިފައިވެ އެވެ. އަދި މި ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވަނީ 2.58ރ. އެވެ.